މިދަންނަވާ ކަންތައް 08 ފެބްރުއަރީ 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 07/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 148 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގެ 2014 ވަނަ އަހަރުގެ މޮނިޓަރިންގ ރިޕޯޓް އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓުން ހުށަހަޅާފައިވާގޮތަށް ފާސްކުރުން.
  • 2017 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ސަލާމްލޯންޗުގައި ކުރާ ދަތުރުތަކުގެ ޙަރަކާތްތައް ހިމެނުމަށާއި، ސަލާމް ލޯންޗްގައި ކުރާ، ކުލީ ދަތުރުތަކުން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓަށް 2017 ވަނަ އަހަރު 1,36,800/- (އެއްލައްކަ ސަތިރީސްހާސް އަށްސަތޭކަ ރުފިޔާ) ލިބޭނެކަމަށާއި، ސަލާމް ލޯންޗްގައި ކުރާ ދަތުރުތަކުގެ ޚަރަދަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓުން 2017 ވަނަ އަހަރަށް 90,600/- (ނުވަދިހަ ހާސް ހަސަތޭކަ) ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށް، ފާދިއްޕޮޅު އަތޮޅު ކައުންސިލް ބިއުރޯއިން ހުށަހެޅި ބަޖެޓް ފާސްކުރުން.
  • ފާދިއްޕޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ޅ. އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ “ޅ.އެޓޯލް އިންޓަރ ސްކޫލް ވޮލީބޯލް ޗެންޕިއަންޝިޕް 2017” ހިންގާ އުޞޫލު، އެޑްމިނިސްޓްރޭޝަން އެޗް. އާރ. އެންޑް އިންފޮރމޭޝަން ޔުނިޓުން ހުށަހަޅާފައިވާގޮތަށް ފާސްކުރުން.
  • ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ދިރިއުޅޭކަމުގެ ރަސްމީލިއުން، ރަށުންބޭރުމީހުންނަށް ލައިސަންސް ދޫކުރާއިރު ހުށަހަޅަން ޖެހޭކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރ 202-l/CIR/2015/5 (18 މާރޗް 2015) ސަރކިއުލާއިން ކައުންސިލްތަކަށް ދަންނަވާފައިވާ ލިއުމުގެ ފޯމެޓަށް ނޫންގޮތަކަށް، ރަށްރަށުގެ ރަށުކައުންސިލްތަކުން އަތޮޅުކައުންސިލަށް ހުށަހަޅާ ލިއުންތަކަށް ލައިސަންސް ދޫނުކުރުމަށާއި، ނަމަވެސް މިކައުންސިލުން އޭ ޒޯން ލައިސަންސްގެ ޚިދުމަތް ފެއްޓުމުން އެއްގަމު ލައިސަންސް މިއުޞޫލުން އިސްތިސްނާ ވާނެކަމަށް ނިންމުން.