މިދަންނަވާ ކަންތައް 15 ފެބްރުއަރީ 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 08/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 148 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • ފާދިއްޕޮޅު ވިނަމި ސްކީމުން އަނބުރާ ދައްކާގޮތަށް މާލީ އެހީދޫކުރުމަށްޓަކައި އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓުން ހުށަހަޅަފައިވާ، މާލީ އެހީ ލިބޭފަރާތްތަކާއެކު ވެވޭ އެއްބަސްވުމަށް ގެނެވުނު އިޞްލާޙްތަކާއެކު ފާސްކުރުމަށް ނިންމުން.
  • ފާދިއްޕޮޅު އަތޮޅުރަށްވެހިގެ-1 ، 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށްޓަކައި ބިޑްކޮމިޓީން ފާސްކުރައްވާ ފޮނުއްވާފައިވާކަމަށް އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓުން ހުށަހަޅުއްވާފައިވާ އެއްބަސްވުން، ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރުމަށް ނިންމުން.
  • ފާދިއްޕޮޅު އަތޮޅުކައުންސިލުން ވިނަވިސްކީމުން އަނބުރާ ދައްކާގޮތަށް ދެވޭ ފައިސާގެ އެހީގެ ޝަރުޠުގައިވާ “ބޭންކް އޮފް މޯލްޑިވްސްއިން ނުވަތަ ފާދިއްޕޮޅު އަތޮޅުކައުންސިލުން ނުވަތަ އެހެންވެސް އިދާރާއަކުން އަނބުރާ ދައްކާގޮތަށް ފައިސާގެއެހީއެއް ނުވަތަ ލޯނެއް ނަގާފައިވާ ނަމަ ޤަވާޢިދުން ފައިސާ ދައްކަމުން ގެންދާ ފަރާތެއް ކަމުގައިވުން” ބަޔާންކޮށްފައި ވީނަމަވެސް ބޭންކްތަކުން ތިންވަނަ ފަރާތަކަށް ކަސްޓަމަރެއްގެ މަޢުލޫމާތު ހާމަކުރުމަށް އިޢުތިރާޟްކުރާތީ އެޝަރުތުގައި އެހެން އޮތްކަމުގައިވިއަސް ބޭންކްތަކުން އެމަޢުލޫމާތު ހޯދަން ނުފެންނަކަމަށް ނިންމުން.