މިދަންނަވާ ކަންތައް 15 މާރޗް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 12/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 153 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓުން ހުށަހަޅާފައިވާ، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މޮނިޓަރިންގ ރިޕޯޓަށް ހުށަހެޅުނު އިޞްލާޙާއެކު، ފާސްކުރުމަށް ނިންމުން.
  • ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓުން ހުށަހަޅާފައިވާ، ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މޮނިޓަރިންގ ރިޕޯޓް، ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް ނިންމުން.
  • މިއިދާރާގައި މިހާރު ބޭނުންކުރާ އައު ފިންގަރ ޕްރިންޓް މެޝިންގެ ބިލަށް ދައްކަންޖެހޭ 11,200/- (އެގާރަހާސް ދުއިސައްތަ) ރުފިޔާ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށް ނިންމުން.
  • ޅ. އަތޮޅު މަދްރަސާގެ މަލްޓިމީޑިއާ ޕްރޮޖެކްޓްގައިހިމެނޭ، އެމަދްރަސާގެ އައި.ސީ.ޓީ. އިންޓަގުރޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމަށް އަތޮޅުކައުންސިލުން ދޭ އެހީއެއްގެގޮތުގައި، ޓޯޓަލް ޕްރޮޖެކްޓް ކޯސްޓްގައި ހިމެނޭ ސްމާރޓް ބޯޑުގެ ޚަރަދު 74,896/- (ސައުރަހަތްތަރިހާސް އަށްސަތޭކަ ސަޔާނަވައި) ރުފިޔާ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަރުކުރުމަށް ނިންމުން.
  • މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގައި މަދްރަސަތުލް އިފްތިތާޙުގެ 20 ދަރިވަރުން ބައިވެރިވެރިވެފައިވާތީ، އެކަމަށް ޚަރަދުކުރުމަށް ފާދިއްޕޮޅު އަތޮޅުކައުންސިލުންދޭ އެހީއެއްގެގޮތުގައި 10,000/- (ދިހަހާސް) ރުފިޔާ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށް ނިންމުން.
  • އަތޮޅު ކައުންސިލް އިދާރާގެ “ސަލާމް” ލޯންޗްގައި ކުލީ ދަތުރުކުރުމުގައި ނޯޓިކަލް މެއިލްއަކަށް 130/- (އެއްސަތޭކަ ތިރީސް) ރުފިޔާ ނެގުމަށާއި، އެއްގަޑިއިރަށް ވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ ގަޑިއިރަކަށް 200/- (ދުއިސައްތަ) ރުފިޔާ ނެގުމަށާއި، ޕެޓްރޯލްގެ އަގަށް އަންނަ ބަދަލަކާގުޅިގެން ބަދަލުގެނައުމަށް ނިންމުން.
  • ލޯކަލްކައުންސިލްދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެގޮތުން، މިއަންނަ އެޕްރީލްމަހު ވިނަވި ސްކީމުން އެހީގެ ފައިސާ ދޫކުރަންފެށުމާ، ވެބްސައިޓް އިފްތިތާޙްކުރުމާ، މިހުރިހާކަމެއް އެއްރަސްމިއްޔާތެއްގައި ބޭއްވުމަށާއި، މިފަހަރު ލޯކަލްކައުންސިލް ދުވަސް ފާހަގަކުރާ ރަށަކީ ނައިފަރުކަމަށާއި، ލޯކަލްކައުންސިލް ދުވަސް ފާހަގަކުރުމުގެ އުޞޫލު އިދާރީ ބައްދަލުވުމަކުން ފާސްކުރުމަށް ނިންމުން.