މިދަންނަވާ ކަންތައް 22 މާރޗް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 13/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 154 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ ހުޅުވައިލެއްޕުމުގެ އުޞޫލު، އެޑްމިނިސްޓްރޭޝަން އެޗް. އާރ. އެންޑް އިންފޮރމޭޝަން ޔުނިޓޫން ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް ނިންމުން.
  • 2017 ވަނަ އަހަރު ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ އަހަރީ މަސައްކަތު ތާވަލްގައި ހިމެނޭ، ފާދިއްޕޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތް، އެޕްރީލް 27 ން 29 އަށް، މުބާރާތް މިއަހަރު ބާއްވާނެ ރަށަކީ ހިންނަވަރު ކަމަށާއި، މިމުބާރާތުގެ ޚަރަދު ހަމަޖައްސާނީ ކައުންސިލްގެ ބަޖެޓްގައި މިއަހަރު ޤުރުއާން މުބާރާތް ބޭއްވުމަށް ހިމަނާފައިވާ 50,000/- (ފަންސާސް ހާސް) ރުފިޔާއިން ކަމަށާއި، މިމުބާރާތް ހިންގާނީ “ޤުރުއާން ކިޔެވުމުގެ 24 ވަނަ ފާދިއްޕޮޅު އަތޮޅު މުބާރާތުގެ ޤަވާޢިދު -2016” ހިންގި ޤަވާޢިދާ އެއްގޮތަށްކަމަށާއި، މުބާރާތް ކޮމިޓީއެއް އެކުލަވާލާ ފާސްކުރުމަށް ނިންމުން.