މިދަންނަވާ ކަންތައް 05 އެޕްރީލް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 15/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 156 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓުން ހުށަހަޅާފައިވާ، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މޮނިޓަރިންގ ރިޕޯޓް، ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ނިންމުން.
  • ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގައި މިހާރު ބޭނުންކުރާ ފޯނުތައް އައި.ޕީ ފޯނަށް ބަދަލުކުރުމަށް ބޭނުންވާ 63,421/43 (ތޭހައްޓިހާސް ހަތަރުސަތޭކަ އެކާވީސްރުފިޔާ ތެޔާޅީސްލާރި) ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށްފަހު، 2018 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން މިފައިސާ ހޯދުމަށާއި، 2017 ވަނަ އަހަރުގެ ބަޖެޓަށް 63,421/43 (ތޭހައްޓިހާސް ހަތަރުސަތޭކަ އެކާވީސްރުފިޔާ ތެޔާޅީސްލާރި) އާއި، ޅ. އަތޮޅު މަދްރަސާގެ މަލްޓިމީޑިއާ ޕްރޮޖެކްޓްގައި ހިމެނޭ، އެމަދްރަސާގެ އައި.ސީ.ޓީ. އިންޓަގުރޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމަށް އަތޮޅުކައުންސިލުންދޭ އެހީއެއްގެގޮތުގައި، ޓޯޓަލް ޕްރޮޖެކްޓް ކޯސްޓްގައި ހިމެނޭ ސްމާރޓް ބޯޑުގެ ޚަރަދު 74,896/- (ސައުރަހަތްތަރިހާސް އަށްސަތޭކަ ސަޔާނަވައި) ރުފިޔާ، ޖުމްލަ 138,317/43 (އެއްލައްކަ އަށުތިރީސްހާސް ތިންސަތޭކަ ސަތާރަ ރުފިޔާ ތެޔާޅީސްލާރި)، އިތުރުކުރުމަށް ނިންމުން.
  • އަތޮޅު ރަށްވެހިގެ -1 އައުޓްސޯސްކުރުމަށް ކުރިންވެސް ކޮށްފައިވާ އިޢުލާނާ އެއްގޮތަށް 3 ވަނަ ފަހަރަށް އަލުން އިޢުލާނު ކުރުމަށާއި، ނައިފަރު ކޯޕަރޭޓިވް ސޮސައިޓީން ފޮނުވާފައިވާ ނަންބަރ NCS/2017/10 (26 މާރޗް 2017) ސިޓީ އިދާރީ ބައްދަލުވުމަކަށް ގެންދަވައި މަޝްވަރާކުރުމަށްފަހު، ސިޓީއަށް ޖަވާބު ދިނުމަށް ނިންމުން.