މިދަންނަވާ ކަންތައް 10 އެޕްރީލް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 16/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 157 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • 29 އެޕްރީލް 2015 ގައި ކައުންސިލުން އެކުލަވާލައި ފާސްކޮށްފައިވާ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ފާދިއްޕޮޅު އަތޮޅު ފަންޑާއި ސުނާމީ ރިކަވަރީ ފަންޑުން އަނބުރާ ދައްކާގޮތަށް ދޫކުރެވިފައިވާ ފައިސާގެ ތެރެއިން އެގްރިމެންޓްގެ މުއްދަތު ހަމަވެ ޚަލާސްކޮށް ނިމިފައި ނުވާ ފައިސާތަކާއިމެދު އަމަލުކުރާނެ ގޮތުގެ އުޞޫލުގެ 4 ވަނަ މާއްދާގެ 4.2، އަދި 4.3 އަށް ކައުންސިލް ބިރޯއިން ހުށަހެޅި އިޞްލާޙް ފާސްކުރުމަށް ނިންމުން.
  • ޅ. އަތޮޅު ރައްޔިތުންގެ ފަންޑާއި، ސުނާމީ ރިކަވަރީ ފަންޑުން އަނބުރާ ދައްކާގޮތަށް ފައިސާ ދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން، އެގްރިމެންޓްގެ މުއްދަތު 25 މާރޗް 2017 ގެ ނިޔަލަށް ހަމަވެފައިވާ، ފައިސާ ދައްކާ ޚަލާސްކޮށްފައި ނުވާ 60 ފަރާތާމެދު 29 އެޕްރީލް 2015 ގައި ކައުންސިލުން އެކުލަވާ ފާސްކޮށްފައިވާ ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ބެލުމުގެދަށުން ހިންގާ ފާދިއްޕޮޅު އަތޮޅުފަންޑާއި، ސުނާމީ ރިކަވަރީ ފަންޑުން އަނބުރާ ދައްކާގޮތަށް ދޫކުރެވިފައިވާ ފައިސާގެ ތެރެއިން އެގްރިމެންޓްގެ މުއްދަތު ހަމަވެ ޚަލާސްކޮށް ނިމިފައިނުވާ ފައިސާތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލާއެއްގޮތަށް މިދެންނެވި ފަރާތްތަކާމެދު ޢަމަލުކުރަމުން ގެންދިއުމަށާއި، އަދި އެއުސޫލުގެ 3.4 (މުއްދަތު ހަމަވެފައިވާ ފައިސާއިން އަނބުރާ ދައްކަންޖެހޭ ފައިސާކަމުގައި ބަލާނީ، ފަންޑު ފައިސާ މެނޭޖްކުރުމަށް ކޮމްޕިއުޓަރގައި މިހާތަނަށް ޢާއްމުކޮށް ބޭނުންކުރަމުންއައި މައިކްރޯސޮފްޓް އެކްސެލް ޝީޓްގައި 25 މާރޗް 2017 ގެ ނިޔަލަށް ނުދައްކާ ހުރިކަމަށް ދައްކާ ބެލެންސުން، 3.2 ގައި ބުނެފައިވާ އެގްރިމެންޓްގެ މުއްދަތުގައި ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވުމުގެ ސަބަބުން، އިތުރުވެފައިވާ ފައިސާގެތެރެއިން %50 (ފަންސާސް އިންސައްތަ) އުނިކުރުމުން އަންނަ ޢަދަދުކަމަށް) ކަނޑައަޅައި މިގޮތަށް ޢަމަލުކުރުމަށް ނިންމުން.
  • ޅ. އަތޮޅުރައްޔިތުންގެ ފަންޑާއި، ސުނާމީ ރިކަވަރީ ފަންޑުން އަނބުރާ ދައްކާގޮތަށް ފައިސާ ދޫކުރެވިފައިވާ ފަރާތްތަކުން، ޅ. އަތޮޅު ރަށްރަށުގެ ކައުންސިލް އިދާރާތަކާއި، އަދި ޅ. އަތޮޅު ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީތަކާއި ދެމެދު ވެވިފައިވާ އެއްބަސްވުން ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގެ މައްޗަށް ބަދަލުކުރުމަށް އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް ހުށަހަޅާފައިވާ އެއްބަސްވުމުގެ ޑްރާފްޓް ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް ނިންމުން.
  • ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓުން ހުށަހަޅާފައިވާ، ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މޮނިޓަރިންގ ރިޕޯޓް، ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް ނިންމުން.
  • އިފްތިތާޙްގެ އިސްދަރިވަރުންގެ ޖަމްޢިއްޔާއިން “ޅ. އަތޮޅު އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒު” ޢިމާރާތްކުރުމުގެ މަސައްކަތަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ދޭ އެހީއެއްގެގޮތުގައި 7,000/- (ހަތްހާސް) ރުފިޔާ އަތޮޅުކައުންސިލްގެ އާމްދަނި އެކައުންޓުން ޚަރަދުކުރުމަށް ނިންމުން.
  • މިއަހަރުގެ ދުނިޔޭ ޞިއްޙަތުދުވަސް ފާހަގަކުރުމުގެގޮތުން ޅ. އަތޮޅު ހޮސްޕިޓަލު ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކަށް އެހީވުމުގެގޮތުން، ފާދިއްޕޮޅު އަތޮޅު ކައުންސިލުން ދޭ އެހީއެއްގެގޮތުގައި 2,000/- (ދެހާސް) ރުފިޔާ އަތޮޅުކައުންސިލްގެ އާމްދަނި އެކައުންޓުން ޚަރަދުކުރުމަށް ނިންމުން.