މިދަންނަވާ ކަންތައް 13 އެޕްރީލް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 17/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 158 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ޢިމާރާތް (ކުރީގެ އިންޖީނު ސަރވިސް ސެންޓަރަށް ބޭނުންކުރި ޢިމާރާތްތަކާއި ގޯތި) ކުއްޔަށް ދިނުމަށް ޅ. ނައިފަރު ހުޅަނގުގޭ އާދަމް މުޙައްމަދުފުޅާ މިއިދާރާއާއި ދެމެދު ވެވުނު ނަންބަރު (ARG)231-ED/PRIV/2014/5 (26 ނޮވެމްބަރ 2014) އެއްބަސްވުމަށް ބަދަލެއް ގެނެވޭނީ، މިޢިމާރާތް ކުއްޔަށް ހިފާފައިވާ ފަރާތް ކަމަށްވާ ޅ. ނައިފަރު ހުޅަނގުގޭ އާދަމް މުޙައްމަދުފުޅާ، ކައުންސިލް މެމްބަރުންނާއެކު ވާހަކަ ދެކެވުމަށް ފަހުގައިކަމަށް ނިންމުން.
  • 25 ވަނަ ޤުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް އަތޮޅު ކައުންސިލުން ނިންމާފައިވާ ތާރީޚްގައި ހިންނަވަރުގައި ބޭއްވެން ނެތްކަމަށް ހިންނަވަރު ކައުންސިލުން އަންގަވާފައިވާތީ، މަދްރަސަތުލް އިފްތިތާޙާ މަޝްވަރާކުރުމަށްފަހު، އިފްތިތާޙުން މުބާރާތް ބޭއްވުމަށް އެހީތެރިކަން ދެއްވާނަމަ، އެޕްރީލް 27 ން 29 އަށް ނައިފަރުގައި ބޭއްވުމަށާއި، މިތާރީޚްގައި މުބާރާތް ބޭއްވޭގޮތް ނުވެއްޖެނަމަ، އަންނަ ރަމަޟާންމަހުގެ ފަހުން މިމުބާރާތް ބޭވުމަށް ނިންމުން.