މިދަންނަވާ ކަންތައް 16 މެއި 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 25/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 166 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • 10 އެޕްރީލް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 16/2017 (ދެވަނަ ދައުރުގެ 157) ވަނަ ޖަލްސާއިން، ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމުގެ ހުއްދަ ދެއްވާފައިވާ 9,000/- (ނުވަހާސް ރުފިޔާ) 2017 ވަނަ އަހަރުގެ ބަޖެޓަށް އިތުރުކޮށް، ކޯޑް ނަންބަރު 223014 ބަދަލުކުރުމަށް ނިންމުން.
  • އަތޮޅު ރަށްވެހިގެ -1 އައުޓްސޯސްކުރުމަށް 3 ފަހަރު އިޢުލާނުކުރުމުންވެސް، އެއްވެސް ފަރާތަކުން އެކަމަށް އިޖާބަދީފައިނުވާތީ، މިދުވަސްކޮޅަކީ ކައުންސިލްގެ އިންތިޤާލީމަރުޙަލާގެ ދުވަސްކޮޅުކަމަށްވުމާއެކު މިކަމަށް ވަކިގޮތެއް ނުނިންމާ، ދެންއަންނަ ކައުންސިލަކުން މިމައްސަލައާމެދު ގޮތެއް ނިންމުމަށް ބޭއްވުމަށް ނިންމުން.
  • ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޙުސައިން ވިލާކޮލެޖް/ނައިފަރު ކެމްޕަސް އިން ހައްދަވަމުން ގެންދަވާ 3 އަހަރު ދުވަހުގެ “ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އޮނަރސް” ކޯސް ފާދިއްޕޮޅު އަތޮޅުކައުންސިލް އިން ސްޕޮންސަރކުރީ، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގައި ޤާބިލުމުވައްޒަފުން އުފެއްދުމުގެ މަޤްޞަދުގައާއި، އަދި ތަމްރީނު ނިމުމުން އެކަށީގެންވާ މުއްދަތެއްގައި މިއިދާރާއަށް އަޙްމަދު ޙުސައިންގެ ޚިދުމަތް ލިބުމަށް އެދިގެން ކަމަށްވާތީ، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ ރ. އަށް އަޙްމަދު ޙުސައިން ހުށަހަޅާފައިވާ ބަދަލު ގެނެވެން ނެތްކަމަށާއި، ފާދިއްޕޮޅު އަތޮޅުކައުންސިލް އާއި އަޙްމަދު ޙުސައިނާއި ދެމެދު 05 މެއި 2015 ގައި ވެވިފައިވާ އެއްބަސްވުން (ނަންބަރ (ARG)231-AH/231/2015/5 ދަމަހައްޓަން ނިންމުން.
  • 2017 ވަނަ އަހަރު ވިނަވި ސްކީމުން އަނބުރާ ދައްކާގޮތަށް ދޫކުރެވޭ ފައިސާގެ އެހީ، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އަނބުރާ އަތޮޅުކައުންސިލްގެ އިދާރާއަށް ނުދައްކައިފިނަމަ، ޖޫރިމަނާގެ ގޮތުގައި -/200 (ދުއިސައްތަ ރުފިޔާ) ނެގުމަށް އެގްރިމެންޓަށާއި، އުޞޫލަށް މާއްދާއެއްގެ ގޮތުގައި އިތުރުކުރުމަށް ނިންމުން.