ފާދިއްޕޮޅު އަތޮޅު ކައުންސިލަށް އަލަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ބާއްވާފިއެވެ. މިދަރުބާރު އޮތީ 03 ޖޫން 2017ވީ ހޮނިހިރު ދުވަހުގެރޭ 10:00 ގައި މަދްރަސަތުލް އިފްތިތާޙްގެ ޖަލާލުއްދީން މާލަމުގައެވެ. މިދަރުބާރުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލަށް އިންތިޚާބުވި ކައުންސިލަރުންގެ އިތުރުން ފާދިއްޕޮޅު ނައިފަރު ކައުންސިލަށް އިންތިޚާބު ވި ކައުންސިލަރުންވެސް ހުވާކުރެއްވުމުގެ ކަންކަން ކުރިއަށް ދިޔައެވެ. މިދަރުބާރުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލަށް މިދައުރަށް އިންތިޚާބުވެ ހުވާކުރެއްވި ކައުންސިލަރުންނަކީ،

ނައިފަރު ދާއިރާއިން އަލްފާޟިލް މުޙައްމަދު ޙުސައިން / އަކިރި، ޅ.ނައިފަރު،

ހިންނަވަރު ދާއިރާއިން އަލްފާޞިލް އިބްރާހިމް އާތިފް / ޖީޒާ، ޅ. ހިންނަވަރު އަދި

ކުރެންދޫ ދާއިރާއިން އަލްފާޟިލް އިބްރާޙިމް ޝިމާއު /  ކޯރަމް، ޅ.ކުރެންދޫ އެވެ.