މިދަންނަވާ ކަންތައް 07 ޖޫން 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 29/2017 ވަނަ ޖަލްސާ (ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • ފާދިއްޕޮޅު އަތޮޅު ކައުންސިލް އިން 2016 ވަނަ އަހަރު މިސްކިތްތަކަށް ދޭން ކަނޑައެޅި -/210000 ( ދެލައްކަ ދިހަހާސް ) ރުފިޔާގެ ތެރެއިން ރަށްރަށަށް ނުދެވި ހުރި ފައިސާ، -/160000 ( އެއްލައްކަ ފަސްދޮޅަސްހާސް ރުފިޔާ ) މުއްދަތު ހަމަވެފައިވުމާއެކު އަނބުރާ އާމްދަނީ އެކައުންޓަށް ޖަމާކުރުމަށް ނިންމުން.
  • ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ ސަލާމް ލޯންޗްގައި 30 މާރިޗް 2017 އިން 08 އޭޕްރީލް 2017 އަށް ކޮށްފައިވާ ދަތުރުތަކަށް މުވައްޒަފުންނަށް ލިބެންޖެހޭ ކޮއްތުފައިސާއަށް ވާ -/1160 ( އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ) ރުފިޔާ ކައުންސިލްގެ އާމްދަނީން ޚަރަދުކުރުމަށް ނިންމުން.
  • އަތޮޅުކައުންސިލް އިދާރާގައި އުފައްދާފައިވާ އެޗް.އާރ.އެމް.ޑީ ކޮމިޓީއަށް އަތޮޅުކައުންސިލް އިން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޙުސައިން ހަމަޖެއްސުމަށް ނިންމުން.
  • އަތޮޅުކައުންސިލް އިދާރާގައި އުފައްދާފައިވާ އަންދާސީ ހިސާބު ބަލާ ކޮމިޓީއަށް  އަތޮޅުކައުންސިލް އިން ކަނޑައަޅާ މެމްބަރުންގެ ގޮތުގައި ކުރެންދޫ ދާއިރާގެ މެމްބަރ   އަލްފާޟިލް އިބްރާހީމް ސިމާއު އާއި، ހިންނަވަރު ދާއިރާގެ މެމަބރ  އަލްފާޟިލް އިބްރާހީމް ޢާޠިފް ހަމަޖެއްސުމަށް ނިންމުން.