މިދަންނަވާ ކަންތައް 14 ޖޫން 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 30/2017 ވަނަ ޖަލްސާ (ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  1. އޭ ޒޯން ލައިސަންސް ދިނުމަށް ބޭނުންވާ ޑްރައިވިންގ ޓެސްޓް ބޭއްވުމަށް ތައްޔާރު ކުރެވެމުންދާ ބިމުގައި ގައި އެތުރުމަށް ފަހު ބާކީ ހުރި 7584 ގަލުގެ ތެރެއިން ހަލާކުވާ ގަލުގެ ބަދަލުގައި ބޭނުންކުރުމަށް 548 ގައު ބެހެއްޓުމަށްފަހު އަނެއް 7000 ގައު ( ގަލެއްގެ އަގު -/5 ރުފިޔާއަށް ވުރެ ދަށްނޫން އަގެއްގައި ) ނީލަމުގައި ވިއްކާލުމަށް  ނިންމުން.
  2. 2017 ވަނަ އަހަރުގެ އަހަރީ މަސައްކަތު ތާވަލުގައި ހިމެނޭ ފާދިއްޕޮޅު ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ ޤުރްއާން ކިޔެވުމުގެ މުބާރާތް ،  25 ވަނަ އަތޮޅު ޤުރްއާން ކިޔެވުމުގެ މުބާރާތް، 14 ޖުލައި 2017 ގައި  ބޭއްވުމަށާއި، އެ މުބާރާތުގެ ޚަރަދުތަކަށް -/60000 ރުފިޔާގެ ބަޖެޓެއް އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށާއި އެމުބާރާތް ކުރިޔަށް ގެންދަން ފެންނަނީ މީގެ ކުރިންވެސް މިމުބާރާތް ބާއްވަމުންއައި މުޤައްރަރާ އެއްގޮތްވާގޮތަށް ، އެމުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ރަށު ކައުންސިލްއަކާ ޙަވާލުކުރައްވައިގެން ކުރިޔަށް ގެންދަން ނިންމުން.
  3. ފާދިއްޕޮޅު ފެމިލީ ޗިލްޑްރެންސަރވިސް ސެންޓަރ ގެ ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ކައުންސިލް މެމްބަރެއްގެ ސޮއި ބޭނުންވާތީ، ޗެކް އަދި ވައުޗަރ ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޙުސައިން ސޮއި ކުރައްވާ ގޮތަށް ހަމަޖައްސަން ނިންމުން.
  4. އަތޮޅު ރަށްވެހިގެ-1 ކުއްޔަށް ދިނުމަށް 3 ފަހަރެއްގެ މަތިން އިޢްލާންކޮށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ ، އާއި އަތޮޅު ރަށްވެހިގެ 1 ޢިމާރާތް ހުރީ ރިނޮވޭޝަންއަކަށް ބޭނުންވެފައި ކަމަށް ފެންނަކަމަށާއި އެހެންކަމުން ތަން ކުއްޔަށް ދޫކުރުމުގެ ކުރިން، ތަން މަރާމާތުކޮށް އާބާތުރަ ފިލުވުމާއި މަރާމާތުކުރުމުގެ ޚަރަދާއި ހިފައިގެންގުޅޭ ތަކެތި ހޯދުމަށް -/50000 ރުފިޔާ އަށްވުރެ ބޮޑުނުވާގޮތުގެ މަތިން އާމްދަނީ އެކައުންޓުން ޚަރަދު ކުރުމަށް ނިންމުން.
  1. ލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކައުންސިލަރުން ބޭނުންކުރެއްވުމަށް 3 ލެޕްޓޮޕާއި ނެޓްވޯކް ޕްރިންޓަރެއް ގަތުމަށް -/38000 ރުފިޔާއަށްވުރެ ބޮޑުނުވާނޭ ގޮތުގެ މަތިން ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށް ނިންމުން.
  2. ސަލާމް ލޯންޗަކީ އާމްދަނީ ހޯދުމަށް ބޭނުންކުރާ ވަޞީލަތެއްގެ ގޮތުގައި ކަނޑައަޅައި، ލޯންޗް އޮޕަރޭޓްކޮށް ބެލެހެއްޓުން އީޑީ ޔުނިޓަށް ބަދަލުކުރަން ފެންނަކަމަށާ، ލޯންޗް އީޑީ ޔުނިޓަށް ބަދަލުކުރާއިރު، ލޯންޗްގެ ކެޕްޓަނުންނާއި ފަޅުވެރިންވެސް އީޑީ ޔުނިޓްގެ ބެލުމުގެ ދަށަށް ބަދަލުކުރަން ފެންނަކަމަށް ނިންމުން