މިދަންނަވާ ކަންތައް 21 ޖޫން 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 31/2017 ވަނަ ޖަލްސާ (ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  1. 2017 އަތޮޅުގައި ހިންގާ މަޝްރޫޢުތަކާ ޕްރޮގްރާމްތަކާ އިވެންޓްތަކަށް އެހީ ދިނުމުގެ އުޞޫލު ފާސްކުރުން.
  2. ނައިފަރު ޖުވެނައިލް އިން އިންތިޒާމްކުރާ ޅ.ޓާރޓަލް ފެސްޓިވަލް އިވެންޓްގައި މިއިދާރާގެ ފަރާތުން ސްޕޮންސަރ ކުރުމާބެހޭ ގޮތުން ހުށަހެޅިފައިވާ މައްސަލާގައި ކައުންސިލްގެ މާލީ ޙާލަތަށާއި، ކަމުގެ ބޭނުމަށް ރިޢާޔަތްކުރާއިރު، މިއިވެންޓްގައި މިކައުންސިލްގެ ފަރާތުން އެއްވެސް ސްޕޮންސަރެއް ހިމެނުމަށް ނުފެންނަކަމަށް ނިންމުން.
  3. ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ކޮމިޓީ ގައި ހިމެނޭ ޑިރެކްޓަރ މުޙައްމަދު އަޙްމަދު ފުޅު ކޮމިޓީން ވަކިކޮށްދިނުން އެދި ހުށަހަޅުއްވާ މައްސަލާގައި މިފަދަ ކޮމިޓީއެއްގައި ތިބުން އެންމެ އެކަށީގެންވަނީ، އިދާރާގެ އެންމެ ސީނިއަރ ބޭފުޅުންކަމަށްވާތީއާ، މިއޮފީހަކީ، ސީނިއަރ ރޭންކްގެ ސްޓާފުން މަދު އޮފީހަކަށްވާތީ، ޑިރެކްޓަރ މުޙައްމަދު އަޙްމަދުގެ ބަދަލުގައި ކޮމިޓީގައި ހިމަނާނެ އިތުރު ސީނިއަރ ސްޓާފެއް މިވަގުތު ނެތަތީއާވެސްއެކު، އެދިލައްވާފައިވާގޮތުގެ މަތިން، ޑިރެކްޓަރ މުޙައްމަދު އަޙްމަދު ކޮމިޓީއިން ވަކިކޮށްދެން ނުފެންނަކަމަށް ނިންމުން.
  4. ޅ.ހިންނަވަރު ޒުވާނުންގެ މަރުކަޒާއި ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގާ ވެޓްރަންސް ފުޓްސަލް މުބާރާތަށް -/3000ރ ( ތިންހާސް ރުފިޔާ ) ގެ މާލީ އެހީއެއް ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކޮށްގެން ދިނުމަށް ނިންމުން.
  5. ޅ.ނައިފަރު ސެންސް ޖަމްޢިއްޔާއިން ހިންގާ ކުރުކުޗޫނާ ފުޓްސަލް މުބާރާތަށް –/3000ރ ( ތިންހާސް ރުފިޔާ ) ގެ މާލީ އެހީއެއް ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކޮށްގެން ދިނުމަށް ނިންމުން.