މިދަންނަވާ ކަންތައް 19 ޖުލައި 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 33/2017 ވަނަ ޖަލްސާ (ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • މިޖަލްސާގެ އެޖެންޑާގައިވާ މައްސަލަ ތަކާއިމެދު މަޝްވަރާކުރުމަށް 18 ޖުލައި 2017 ވަނަ ދުވަހު ކައުންސިލްމެމްބަރުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތުގެ މަތިން، ޔުނިޓުން ހުށަހަޅާފައިވާ ނަންތަކުގެ ތެރޭގައި އެކަށީގެންވާފަދަ ރީތި ނަމެއް ނެތްކަމަށް އެއްބަސްވެވިފައި ވާތީއާ، އިންޖިން ސަރވިސް ސެންޓަރުގެ ނަން އުވާލައި، އެގޯއްޗަށް ކިޔުމަށް އެއްބަސްވެވުނު ނަމަކީ، “ކީސާ” ކަމަށްވާތީ، އެނަން ފާސްކުރަން ފެންނަ ކަމަށާ، އެނަމުގައި އެތަން އަލުން ރަޖިސްޓަރީ ހަދަން ނައިފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ފެންނަ ކަމަށާ، އެތަން ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ އެމެންޑްމެންޓެއް ގޮތުގައި ނަމަށް އައި ބަދަލު އެނގޭނޭހެން ދެފަރާތުން ސޮއިކޮށް އެއްބަސްވުމާ އެޓޭޗް ކުރުމަށް ފާސްކުރުން.
  • މިޖަލްސާގެ އެޖެންޑާގައިވާ މައްސަލަ ތަކާއިމެދު މަޝްވަރާކުރުމަށް 18 ޖުލައި 2017 ވަނަ ދުވަހު ކައުންސިލްމެމްބަރުން ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ރިޢާޔަތްކޮށް، ޓްރާންސްޕޯރޓް އޮތޯރިޓީއިން ކަނޑު ދަތުރުފަތުރުކުރުމާ ބެހޭ ޤަވައިދަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއިގުޅިގެން އަޅުގަނޑުމެންގެ ލޯންޗް ޑްރައިވަރުންނަކީ، ތަމްރީންކުރެވިފައިވާ ބައެއްކަމަށް ހެދުމަކީ، މުހިންމު ކަމެއް ކަމުގައި ދެކޭތީއާ، ފިޝަމެން އެސޯސިއޭޝަންގެ ފަރާތުން ނައިފަރުގައި ހިންގާ ނިޔަމިކަމުގެ ސެޓްފިކެޓް ކޯހުގައި މިއިދާރާގެ ލޯންޗްގެ ދެ ޑްރައިވަރުން، އަމިއްލަގޮތުން ޕްލޭސްމެންޓް ހޯދާފައިވާ ނިޔަމި ކޯހުގެފީ، ކައުންސިލްގެ ފަރާތުން ސްޕޮންސަރ ކޮށްދިނުމަކީ ބޭނުންތެރި ކަމެއްކަމަށް ދެކޭތީ، ކޯހުގެ ފީގެގޮތުގައި ކޮންމެ ޑްރައިވަރަކު ދައްކަން ޖެހުނު -/2500ރ ސްޕޮންސަރ ކޮށްދިނުމަށްޓަކައި، ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކޮށްގެން އެފައިސާ (ޖުމްލަ -/5000ރ) ރީއެމްބާސް ކޮށްދިނުމަށް ފެންނަކަމަށާ، މި ޚަރަދު ކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ އެކިއެކި ޓްރޭނިންގ ކޯސްތަކުގައި ބައިވެރިވުމަށް ދޭ ފައިސާ ކޯޑަށް މިފައިސާ އިތުރުކުރުމަށް ނިންމުން.
  • މިޖަލްސާގެ އެޖެންޑާގައިވާ މައްސަލަ ތަކާއިމެދު މަޝްވަރާކުރުމަށް 18 ޖުލައި 2017 ވަނަ ދުވަހު ކައުންސިލްމެމްބަރުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތުގެ މަތިން، އެޑްމިނިސްޓްރޭޝަން އެޗްއާރ އެންޑް އިންފޮރމޭޝަން ޔުނިޓުން ހުށަހަޅާފައިވާ ލިސްޓްގައި ނީލަންކިޔަންޖެހޭ ފަދަ އަގެއްހުރި މުދަލެއް ނުހިމެނޭތީއާ، އެ ލިސްޓްގައިވާ އެންމެހައި ތަކެއްޗަކީ، ގާވެފައި، ނުވަތަ ހިކިފައި، ނުވަތަ މުރަނަ ވެފައިވާ ލިޔެކިޔުމާ ގުޅޭ ތަކެތި ކަމަށްވާތީއާ، އެތަކެތި ނީލަންކިޔަން އުޅެފިނަމަ، ނީލަމަށް ލިބޭ އާމްދަނީއަށްވުރެ، ނީލަން އިންތިޒާމްކުރަން ހިނގާ އިދާރީ ޚަރަދުތައް މަތިވާނޭކަމަށް ބެލެވޭތީ، ދައުލަތަށް އެންމެ ފައިދާ ބޮޑީ އެތަކެތި ނީލަން ކިޔުމަކާއިނުލައި ނައްތައިލުންކަމަށް ދެކޭތީ، އެތަކެތި ނައްތައިލަން ފާސްކުރުން.
  • މިޖަލްސާގެ އެޖެންޑާގައިވާ މައްސަލަ ތަކާއިމެދު މަޝްވަރާކުރުމަށް 18 ޖުލައި 2017 ވަނަ ދުވަހު ކައުންސިލްމެމްބަރުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ފަދައިން، ހޮސްޕިޓަލަށް ދެވިފައިވާ ލޯންޗްގެ ޚިދްމަތަށް ބިލުކުރެވިފައިވަނީ، އެދުވަސްވަރު (ނިމިދިޔަ ދައުރުގެ ކައުންސިލްއިން) ފާސްކުރައްވާފައިވާ (މޭލަކަށް، -/250ރ ގެ) ރޭޓުން ކަމުގައިވާތީއާ، ފަހުން އެރޭޓް މާ އަގުބޮޑުކަމަށް ފެންނާތީ، (މޭލަކަށް 130ރ ގެ) ދަށް ރޭޓެއް ފާސްކުރައްވާފައިވާތީއާ، ޅ. އަތޮޅު ހޮސްޕިޓަލަކީ ދައުލަތުގެ މުއައްސަސާއެއް ކަމަށް ވާތީ، ދަށް ރޭޓަށް ބިލު ބަދަލުކޮށްދިނުމަށް ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ ތެރެއިން އެއްވެސް ހުރަހެއް އޮތްކަމަށް ނުފެންނާތީ، ދަތުރުގައި  ހިމެނޭ ޖުމްލަ  މައިލޭޖަށް -/130ރ ގެ ރޭޓުން އަތޮޅު ހޮސްޕިޓަލަށް އާބިލެއް ފޮނުވަން ފެންނަ ކަމަށާ، ކުރީގެ ބިލް ބާޠިލްކުރިކަން އެފަރާތަށް އެންގުމަށް ނިންމުން.
  • ޕާމްބީޗް ސޮކަރ ކަޕްގައި ޅ.ހިންނަވަރު ކައުންސިލްގެ ފަރާތުން ޓީމެއް ބައިވެރި ވެފައިވާތީ، މުބާރާތާއިގުޅިގެން ޓީމަށް ކުރަންޖެހޭ ޚަރަދުތައް ލުއިކޮށްދިނުމަށްޓަކައި، ފާދިއްޕޮޅު އަތޮޅުކައުންސިލްއިން މާލީ އެހީތެރިކަމެއް ލިބުންއެދި ހިންނަވަރު ކައުންސިލްއިން ހުށަހަޅުއްވާފައިވާތީ، ކައުންސިލްގެ އާމްދަނީ އެކައުންޓުން -/5000ރ ޚަރަދުކޮށްގެން ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާއަށް މާލީ އެހީއެއް ދޭން ފެންނަކަމަށާ، މި ޚަރަދު ކުރުމަށްޓަކައި، އިޖްތިމާޢީ ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމުގެ ޚަރަދު ކޯޑަށް މިފައިސާ އިތުރުކުރުމަށް ނިންމުން.