ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ 25 ވަނަ ޤުރުއާން މުބާރާތް ނިންމާލައިފިއެވެ. ޖުލައި 21 އަދި 22 ވަނަ ދުވަހު ޅ ހިންނަވަރުގައި ކުރިއަށް ގެންދިޔަ މިބުރާތުގައި ހަތަރު ރަށުން ޖުމްލަ 62 ދަރިވަރުން ބައިވެރިވެފައިވެއެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލާއި، ހިންނަވަރު ކައުންސިލާއި އަދި ޅ އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި ހިންނަވަރު 17 ބައިވެރިން، ނައިފަރުން 20 ބައިވެރިން، ކުރެންދޫން 20 ބައިވެރިން، އަދި އޮޅުވެލިފުށިން 5 ބައިވެރިން ވާދަކޮށްފާވެއެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް ޝަރަފްވެރިކޮށްދެއްވި މިބުރާތުގެ ނިންމުމުގެ ރަސްމިއްޔާތުއޮތީ 22 ޖުލައި 2017ވަނަ ދުވަހު ހެދުނު 9:00 ގައި ޅ. އަތޮޅު ތަޢުލީމީމަރުކަޒުގެ ހޯލްގައެވެ.

މިމުބާރާތުގައި ފޮތުން ކިޔެވުން 9 އަހަރުން ދަށް 1 ވަނަ ޙާޞިލުކުރީ ޅ. ނައިފަރު ގުރަހަ ޙަޔާން ޙަމީޒެވެ. 2 ވަނަ ޅ. ނައިފަރު އަސުރުމާގެ އަޙްމަދު ޢުލްވާން އިބްރާހީމެވެ. 11 އަހަރުން ދަށުން 1 ވަނަ ޙާޞިލުކުރެވޭވަރަށް މާކްސްލިބިފައިވާ ކުއްޖެއްނެތެވެ. 2 ވަނަ ޙާޞިލުކުރީ ރަމްޒް އަޙްމަދު އަޠުވާން ޢަލީއެވެ. 3 ވަނަ ޅ. ހިންނަވަރު ނިރޮޅުގެ މުޙައްމަދު ޙާއިޝް ޙަސަނެވެ. 13 އަހަރުން ދަށުން 1 ވަނަ ޙާޞިލުކުރީ ޅ. ކުރެންދޫ ރިވެލި ފާޠިމަތު ރަނާއެވެ. 2 ވަނަ ޅ. ހިންނަވަރު ވެލްކަމް ޙަސަން މާނަފް މުޙައްމަދެވެ. 3 ވަނަ ޅ. ނައިފަރު ޓްވައިލައިޓް ޢާއިޝަތު ޤާނިތާ މުޙައްމަދެވެ. 16 އަހަރުން ދަށުން 1 ވަނަ ޙާޞިލުކުރީ ރ. ކަނދޮޅުދޫ އޯކިޑްވިލާ (ޅ.ކުރެންދޫ) ފާޠިމަތު ވިފާދާ ވިޝާމްއެވެ. 2 ވަނަ ޅ. ކުރެންދޫ އައިލޭޝް މަރްޔަމް ޝުހާނާ ޢާމިރުއެވެ. 3 ވަނަ ޅ. ހިންނަވަރު ހެލެނގެލި މަރްޔަމް ޝަބާ މުޙައްމަދެވެ. 19 އަހަރުން ދަށުގެ 1 ވަނަ ޙާޞިލުކުރީ ޅ. ނައިފަރު ފުނަފަރު މުޙައްމަދު ނަބްޙާންއެވެ.

ހިތުން ކިޔެވުން 6 އަހަރުންދަށް 1 ވަނަ ޙާޞިލުކުރީ ޅ. ނައިފަރު އެންގަލް ބިންޔާ ބިންތް ޢަބްދުލްމަލިކުއެވެ. 2 ވަނަ ޅ. ކުރެންދޫ ނޫފަރުގެ މުޙައްމަދު ސައިފަން އަޙްމަދު ޝާހިދެވެ. 3 ވަނަ ޅ. ކުރެންދޫ ވާރޭވިލާ ހައިކާ ޙުސައިންއެވެ. 7 އަހަރުން ދަށުން 1 ވަނަ ޙާޞިލުކުރީ ޅ. ހިންނަވަރު ބްލޫޕޭޖް މުޙައްމަދު މަހުދީ މޫސާއެވެ. 2 ވަނަ ޅ. ހިންނަވަރު ހެލެނގެލި އިބްރާހީމް ޝަބީބް މުޙައްމަދެވެ. 9 އަހަރުން ދަށުން 1 ވަނަ ޙާޞިލުކުރީ ޅ. ހިންނަވަރު ހަލަވެލިމާގެ ފާޠިމަތު އަފްޝީން ޢަބްދުﷲއެވެ. 11 އަހަރުން ދަށުން 1 ވަނައަށް ހޮވޭވަރަށް މާކްސްލިބިފައިވާކުއްޖެއް ނެތެވެ. 2 ވަނަ ޅ. ހިންނަވަރު ނޫކޮކާގެ ޙައްވާ ޝިފާޒާ އިބްރާހީމް ޝަރީފެވެ. 3 ވަނަ ޅ. ހިންނަވަރު ގުލްއަލާގެ ޢަބްދުލްވަދޫދު ތިލްމީޒް ޢަބްދުﷲއެވެ. 13 އަހަރުން ދަށުން 1 ވަނަ ޙާޞިލުކުރީ ޅ. ހިންނަވަރު އޯޝަންވޭކް ޚަޝްޔަތް ޒީދާ ބިންތް ޒައިދުއެވެ. 16 އަހަރުން ދަށުން 3 ވަނަ ޙާޞިލުކުރީ ޅ. ނައިފަރު ރީނދޫމާގެ ޙާމިދު ޢަބްދުﷲއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅުކައުންސިލްގެ ރައީސް ވިދާޅުވީ އަންނައަހަރު މުބާރާތަށް ބަދަލުތަކެއް ގެންނަވާނެކަމަށާއި، އެނގޮތުން ތަޖްވީދުގެ ބައިތަކެއް ހިމަނައިލައްވާގެން މުބާރާތް ރާއްވަވާނެކަމަށާއި، މުބާރާތާބެހޭ މަޢުލޫމާތު ރަށުކައުންސިލްތަކާ ސްކޫލްތައް އަދި ޤުރުއާން ކުލާސްތަކާއެކުވެސް ޙިއްޞާކުރައްވާނެކަމުގައެވެ.

މިމުބާރާތަކީ ކޮންމެ އަހަރަކު ފާދިއްޕޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވައިލައިގެން ފާދިއްޕޮޅު އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މުބާރާތެކެވެ. 2018ވަނަ އަހަރު މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޅ.ނައިފަރު ގައެވެ.