ފާދިއްޕޮޅު އަތޮޅު ކައުންސިލްގައި އޭޒޯން ލައިސަންސްގެ ޚިދުމަތް ދޭންފަށައިފިއެވެ. ޓްރާސްޕޯޓުން ދެއްވާ އެހެނިހެން ޚިދުމަތްތަކާއިއެކު މިޚިދުމަތް ފައްޓަވާފައިވަނީ ޓްރާސްޕޯޓް އޮތޯރިޓީގެ ޓީމެއް ފާދިއްޕޮޅު އަތޮޅު ކައުންސިލަށްވަޑައިގެން ކަމާއިގުޅޭ އިންތިޒާމްތައް ފުރިހަމަކުރެއްވުމަށްފަހުއެވެ. މިގޮތުން ޚިދުމަތްދޭ ކައުންޓަރުތަކުގެ ސެޓަޕް ހެދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީންދިނުމާއި، ކާޑްޕްރިންޓްކުރާ މެޝިންގެ ސެޓަޕްހެދުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވެއެވެ. މިމަސައްކަތް ކުރިއަށް ގެންދަވާފައިވަނީ 08 އޯގަސްޓް 2017 އިން 09 އޯގަސްޓް 2017 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

މިއިންތިޒާމްތަކަށްފަހު 09 އޯގަސްޓް 2017 އިން ފެށިގެން އޭޒޯން ލައިސަންސާއިއެކު ޓްރާންސްޕޯޓްގެ ޚިދުމަތްތައް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ލިބިގެން ދާނެއެވެ.