ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (36/2017)
17 August 2017
މިދަންނަވާ ކަންތައްތައް 17 އޮގަސްޓް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 35/2017 ވަނަ (3 ވަނަ ދައުރުގެ 8 ވަނަ) ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
- ލޯނަށް އެދި ހުށަހެޅުމަށް ކައުންސިލްއިން ހުޅުވާލާފައިވާ ޖާގަ ފުލްވާވަރަށް އެޕްލިކޭޝަން ހުށަހެޅިފައި ނުވާތީއާ، އެޕްލިކޭޝަން ހުށަހެޅި 5 ފަރާތްވެސް ޝަރުޠު ހަމަވާކަމަށް ވިނަވި ކޮމިޓީއިން ފާސްކުރައްވާފައިވާތީ، އެ 5 ފަރާތަށް ލޯނު ދޫކުރުން އަވަސްކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިދާރީ މަސައްކަތްތައް ފުރިހަމަކޮށް ލޯނު ދޫކުރަން ނިންމުން.
- ވިނަވި ސްކީމްގެ ލޯން ދޫކުރުމަށް ޢަދަދެއް ކައުންސިލްއިން ފާސްކޮށް ކަނޑައެޅިފައިވާތީ އެ ޢަދަދު ހަމަވަންދެން، މިއަހަރުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ބޭއްވުމަށް ނިންމުން.
- ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއިން ދެމުންގެންދާ ޚިދުމަތެއް ކަމުގައިވާ ދަތުރު ފަތުރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު އޮތް ސަލާމް ލޯންޗަށްވުރެ ކުޑަ ސްޕީޑް ލޯންޗެއް އޮތުމަކީ ބޭނުންތެރިކަމެއްކަމަށް ފެންނާތީ، 24 ފޫޓްގެ 12 މީހުންގެ ކެޕޭސިޓީގެ 250 ހޯސްޕަވަރުގެ 1 އިންޖީނުއެޅި ލޯންޗެއް -/1،000،000ރ (އެއް މިލިއަން ރުފިޔާ) އަށް ވުރެ އަގުބޮޑު ނުވާނޭގޮތުގެ މަތިން، އާމްދަނީ (ރެވެނިއު-1) 7705-700332-001 އެކައުންޓުން ޚަރަދުކޮށްގެން ގަންނަން ފެންނަ ކަމަށް ނިންމުން.
- އިކޮނޯމިކް ޑިވެލޮޕްމެންޓް އެންޑް އިންފްރާސްޓްރަކްޗަރ ޔުނިޓުން ފާސްކުރުމަށް ހުށަހަޅުއްވާފައިވާ ނީލަންކިޔަން ބޭނުންވާ ތަކެތީގެ ލިސްޓްގައިވާ ތަކެތި، އެލިސްޓްގައި ކައުންސިލްއިން ޖަހާފައިވާ ފެށޭ އަގުތަކަށްވުރެ ދަށް ނޫން އަގުތަކެއްގައި ނީލަމުގައި ވިއްކައިލުމަށް ފެންނަކަމަށާ، މިލިސްޓް (ފެށޭ އަގުތަކާއެކު) ކައުންސިލްއިން ފާސްކުރަން ނިންމުން.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
