މިދަންނަވާ ކަންތައްތައް 17 އޮގަސްޓް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 35/2017 ވަނަ (3 ވަނަ ދައުރުގެ 8 ވަނަ) ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.

  • ލޯނަށް އެދި ހުށަހެޅުމަށް ކައުންސިލްއިން ހުޅުވާލާފައިވާ ޖާގަ ފުލްވާވަރަށް އެޕްލިކޭޝަން ހުށަހެޅިފައި ނުވާތީއާ، އެޕްލިކޭޝަން ހުށަހެޅި 5 ފަރާތްވެސް ޝަރުޠު ހަމަވާކަމަށް ވިނަވި ކޮމިޓީއިން ފާސްކުރައްވާފައިވާތީ، އެ 5 ފަރާތަށް ލޯނު ދޫކުރުން އަވަސްކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިދާރީ މަސައްކަތްތައް ފުރިހަމަކޮށް ލޯނު ދޫކުރަން ނިންމުން.
  • ވިނަވި ސްކީމްގެ ލޯން ދޫކުރުމަށް ޢަދަދެއް ކައުންސިލްއިން ފާސްކޮށް ކަނޑައެޅިފައިވާތީ އެ ޢަދަދު ހަމަވަންދެން، މިއަހަރުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ބޭއްވުމަށް ނިންމުން.
  • ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއިން ދެމުންގެންދާ ޚިދުމަތެއް ކަމުގައިވާ ދަތުރު ފަތުރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު އޮތް ސަލާމް ލޯންޗަށްވުރެ ކުޑަ ސްޕީޑް ލޯންޗެއް އޮތުމަކީ ބޭނުންތެރިކަމެއްކަމަށް ފެންނާތީ، 24 ފޫޓްގެ 12 މީހުންގެ ކެޕޭސިޓީގެ 250 ހޯސްޕަވަރުގެ 1 އިންޖީނުއެޅި ލޯންޗެއް -/1،000،000ރ (އެއް މިލިއަން ރުފިޔާ) އަށް ވުރެ އަގުބޮޑު ނުވާނޭގޮތުގެ މަތިން، އާމްދަނީ (ރެވެނިއު-1) 7705-700332-001 އެކައުންޓުން ޚަރަދުކޮށްގެން ގަންނަން ފެންނަ ކަމަށް ނިންމުން.

  • އިކޮނޯމިކް ޑިވެލޮޕްމެންޓް އެންޑް އިންފްރާސްޓްރަކްޗަރ ޔުނިޓުން ފާސްކުރުމަށް ހުށަހަޅުއްވާފައިވާ ނީލަންކިޔަން ބޭނުންވާ ތަކެތީގެ ލިސްޓްގައިވާ ތަކެތި، އެލިސްޓްގައި ކައުންސިލްއިން ޖަހާފައިވާ ފެށޭ އަގުތަކަށްވުރެ ދަށް ނޫން އަގުތަކެއްގައި ނީލަމުގައި ވިއްކައިލުމަށް ފެންނަކަމަށާ، މިލިސްޓް (ފެށޭ އަގުތަކާއެކު) ކައުންސިލްއިން ފާސްކުރަން ނިންމުން.