މިދަންނަވާ ކަންތައްތައް 23 އޮގަސްޓް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 36/2017 ވަނަ (3 ވަނަ ދައުރުގެ 9 ވަނަ) ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.

  • ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް، މިހާރު ޑްރާފްޓް ކުރެވި ކައުންސިލްއަށް ހުށަހެޅިފައިވާތީ، މިހާރު ހުށަހެޅިފައިވާ ގޮތަށް (-/4,999,964ރ) މިބަޖެޓް ފާސްކުރުމަށް ނިންމުން.
  • ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ މަސައްކަތު ތާވަލުގެ ޑްރާފްޓަށް ބަދަލުތައްގެނެވި ފާސްކުރުމަށްޓަކައި ކައުންސިލްއަށް ހުށަހެޅިފައިވާތީ، މިހާރު ހުށަހެޅިފައިވާގޮތަށް މި މަސައްކަތު ތާވަލު ފާސްކުރަން ނިންމުން.
  • ޅ. ކުރެންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން އެއްވެސް އެހީއެއް ލިބިގެން ހިންގާ މަޝްރޫޢަކަށް ނުވާތީ، ޅ. ކުރެންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަޝްރޫޢަށް -/60،000ރ ( ފަސްދޮޅަސް ހާސް ރުފިޔާ ) ގެ ފައިސާގެ އެހީއެއް، އާމްދަނީ (ރެވެނިއު-1) 7705-700332-001 އެކައުންޓުން ދޭން ފެންނަ ކަމަށް ނިންމުން.

  • މަދްރަސަތުލް އިފްތިތާޙްގެ 2017 ވަނަ އަހަރުގެ އިނާމްދިނުމުގެ ޕްރޮގްރާމަށް، އަތޮޅު ކައުންސިލްއިން، -/5،000ރ ގެ ފައިސާގެ އެހީއެއް، އާމްދަނީ (ރެވެނިއު-1) 7705-700332-001 އެކައުންޓުން ދޭން ފެންނަ ކަމަށް ނިންމުން،