1438 ވަނަ އަހަރުގެ އަޟްހާ އީދުގެ މުނާސައްބަތުގައި ޅ. ނައިފަރުގެ ޖަމުޢިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ހިންގުންނު ކުޑަކުދިންގެ ހަވީރުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން ބައިވެރިވެއްޖެއެވެ. 01 ސެޕްޓެމްބަރ 2017ވަނަ ދުވަހު ހަވީރު ޅ ނައިފަރު އުތުރު ސަރަހައްދުގައި ބޭއްވުނު މިކުޑަކުދިންގެ ހަވީރުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ ފަރާތުން ކުޑަކުދިންނާއި ގުޅޭ އެކި ކުޅިވަރުތައް ހިމެނޭ ސްޓޯލެއް ވަނީ ތައްޔާރުކޮށްފައެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ސްޓޯލަށް ވަރަށް ގިނަ ފަރާތްތަކުން ޒިޔާރަތްކޮށްފައިވާއިރު ކުޑަކުދިންނާއި ގުޅޭ އެކި އެކި ކުޅިވަރިތަށް އިންތިޒާމްކޮށް ވަނީ ކުރިއަށްގެންގޮސްފައެވެ. ހަވީރު 16:30 އިން ފެށިގެން 18:00 އަށް ކުރިއަށް ގެންގޮސްފައިވާ ކުޑަކުދިންގެ ހަވީރުގައި ސަރުކާރުގެ ގިނަ މުއައްސަސާތައްވެސް ވަނީ ބައިވެރިފައެވެ.