ސިވިލްސަރވިސް ޓްރޭނިންގ އިންސިޓިއުޓްއާއި ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާ ގުޅިގެން ފާދިއްޕޮޅުގެ ރަށްރަށުގއި ހުރި މުވައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބާއްވާ “ކެޕޭސިޓި ބިލްޑިނގް” ޕްރޮގްރާމް ނިންމާލައިފިއެވެ. 11 ސެޕްޓެމްބަރ 2017 އިން 16 ސެޕްޓެމްބަރ 2017 އަށް ޅ. ނައިފަރުގައި ކުރިއަށް ގެންދެވުނު މިޕްރޮގްރާމްގައި ފާދިއްޕޮޅުގެ ސަރުކާރުގެ ގިނަ އިދާރާތަކުން ބައިވެރިވެފައިވެއެވެ.

މިޕްރޮގަރާމްގައި ކިޔަވައި ދެއްވާފައިވަނީ ސިވިލްސަރވިސްޓްރޭނިންގ އިންސިޓިއުޓް އިން ފޮނުއްވެވި ޓްރެއިނަރުންނެވެ. މިޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވާ ބައިތަކުގެ ތެރޭގައި ޕްރެޒެންޓޭޝަން ސްކިލްސް، ކޮމިޔުނިކޭޝަން ސްކިލްސް ، ސިވިލްސަރވިސް ޤަވާޢިދު ، ޕާފޯމަންސް އެޕްރައިޒަލް، ކޮންފްލިކްޓް މެނޭޖްމަންޓް، ޓީމް ބިލްޑިންގ، އަދި މާލިއްޔަތުގެ ޤަވާޢިދު ހިމެނެއެވެ. ސެޝަންތައް ކުރިއަށް ގެންދެވިފައިވަނީ ކުރިޔަށް ގެންދެވެނީ މަދަރަސަތުލް އިފްތިތާޙުގެ ޓީ.އާރު.ސީ ހޯލްގައެވެ.