މިދަންނަވާ ކަންތައް 27 ސެޕްޓެމްބަރ 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 39/2017 ވަނަ (3 ވަނަ ދައުރުގެ 12 ވަނަ) ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.

މިހާރު ޑްރާފްޓްކުރެވިފައިވާ ގޮތަށް ސީ.ޒޯން ލައިސަންސް ދޫކުރުމަށް އުޞޫލު ” ޅ. އަތޮޅު ހިންނަވަރު، ކުރެންދޫ އަދި އޮޅުވެލިފުށީގައި އެއްގަމު އުޅަނދު ފަހަރުގެ ސީ ޒޯން ލައިސަންސް ދޫކުރުމުގެ އުޞޫލް” ފާސްކުރުން.

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2016 ވަނަ އަހަރުގެ އިނާމުދިނުމަށް ފައިސާގެ އެހީއަށް އެދި ހުޅުވާލާފައިވާ ފުރުޞަތުގައި -/5000 ރ. (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އެހީއެއް އެޕްރޮގްރާމަށް ދިނުމަށް  ފާސްކުރުން.

ފާދިއްޕޮޅު އަތޮޅުކައުންސިލަށް ލަފާދޭ ކޮމެޓީ އެކުލަވާލުމާ ބެހޭ ޤަރާރު “ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ސްޓޭންޑިން ކޮމިޓީ ކަނޑައެޅި ޤަރާރު” ނަންބަރ 04/2017 ފާސްކުރުން.