މިދަންނަވާ ކަންތައް 4 އޮކްޓޯބަރ 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 40/2017 ވަނަ (3 ވަނަ ދައުރުގެ 13 ވަނަ) ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅު އެކައުންޓް ތަކަށް އިންޓަރނެޓް ބޭންކިންގ ސާރވީސް ނެގުމަށްޓަކައި ބޭންކަށް ހުށަހެޅުމަށް ބޭނުންވާ މިހާރު ޑްރާފްޓް ކުރެވިފައިވާގޮތަށް ގަރާރު ( ޤަރާރު ނަމްބަރ 5،6/ 2017 ) ތަކާއި އެޕްލިކޭޝަންފޯމްތައް ފާސްކުރުން.

2017 ވަނައަހަރުގެ ބަޖެޓުން ޑެފިޒިޓް ވެފައިވާ އައިޓަމްތަކަށް އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ޚަރަދުކުރުމަށް އިތުރަށް ފައިސާ ބޭނުންވާނޭކަމަށް ބެލެވޭތީ މިހާރު ހުސްވެފައިވާ އައިޓަމްތަކަށް ފައިސާ އިތުރުކުރުމުގެ ކުރިން ބަޖެޓްގެ ތެރެއިން ކޮންޓްރޯލްފޯމުން އެއްބައިން އަނެއްބަޔަށް ބަދަލުކުރެވެން ހުރިތޯބަލައި އެގޮތަށް ހަމަޖެއްސެންހުރި އައިޓަމްތައް ހަމަޖެއްސުމަށްފަހު ހަމަޖެއްސެން ނެތް އައިޓަމްތަކަށް ފައިސާ އިތުރުކުރަން ފެންނަކަމަށް ފާސްކުރުން.

ސީޒޯން ލައިސަންސް ދޫކުރުމުގެ މަސައްކަތްފަށާ ރަށްރަށުގެ ރަށު ކައުންސިލްތަކާއެކު ސޮއިކުރުމަށް ހަމަޖެހިފައިވާ އެމް.އޯ.ޔޫ ގެ ޢިބާރާތް މިހާރު ޑްރާފްޓް ކުރެވިފައިވާ ގޮތަށް ފާސްކުރުން.