މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން 2017 ވަނަ އަހަރަށް މިއިދާރާއަށް ދެއްވާފައވާ ބަޖެޓްގެ ގިނަ ކޯޑްތަކުގައި ފައިސާ ނެތުމުގެ ސަބަބުން އެއްބައި އަނެއްބަޔަށް ބަދަލުކުރެވޭނެ ގޮތެއް ނެތިގެން 2017 ޑިސެމްބަރ މަހުގެ ސެކިއުރިޓީ  ބެލެހެއްޓުމުގެ ޚަރަދު މިއިދާރާގެ ބަޖެޓް އެކައުންޓުން ކުރެވޭނެ ގޮތްނެތިގެން، މިއިދާރާގެ އާމްދަނީ އެކައުންޓުން (ރެވެނިއު އެކައުންޓް 1) އިން މިއިދާރާއާއި، ޅ. އަތޮޅުގޭގެ ސެކިއުރިޓީ ބަލަހައްޓާދިން ނައިފަރު ޖަމްޢިއްޔަތުލްބިއްރި އަށް 2017 ޑިސެމްބަރމަހު ދޭންޖެހޭ ފައިސާ ޚަރަދުކުރުމުގެ ހުއްދަ ދެއްވުމަށް ނިންމުން.

އައި.ޔޫ.އެމް. ހޯލްޑިންސް އިން ނައިފަރުގައި ހިންގާ ޕްރޮގްރާމް ތަކުގައި ކިޔަވައިދޭ ލެކްޗަރއިން އެކަމަޑޭޝަން ޚިދުމަތާއި އަދި އެކުންފުނީގެ އިދާރީކަންކަން ހިންގުމަށްޓަކައި މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށްވެހިގެ-1 ހަމަޖައްސަވައި ދެއްވުން އެދި އައި.ޔޫ.އެމް. ހޯލްޑިންސް އިން އެދިލައްވާފައިވާތީ، ރަށްވެހިގެ-1 އައި.ޔޫ.އެމް. ހޯލްޑިންސް އިން އެދިލައްވާފައިވާ ބޭނުންތަކަށް ކޮންމެ މީލާދީ މަހަކަށް 8,000/- ( އަށްހާސް ރުފިޔާ) ގެ މަގުން ކުއްޔަށް ދޭން ނިންމުން.

މިއިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި މުޙައްމަދު ނިޒާރު އިބްރާހީމް 65 އަހަރުވުމުން މުސްކުޅިކޮށް ވަކިކުރުމުން، އެމަޤާމަށް މީހަކުހޯދުމަށް އިޢުލާނުކުރުމަށް ބޭނުންވާ “މަސްއޫލިއްޔަތުތައް ކަނޑައަޅައި ނިންމަވާފައިވާ ކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާގެ ޑުރާފްޓް ” ފާސްކުރުން.

3 ސެޕްޓެމްބަރ 2014 ގައި ބޭއްވުނު ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 26 ވަނަ ޢާއްމުޖަލްސާއިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގެ އެކައުންޓްތައް އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައިވާ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނިޒާރު އިބްރާހީމް 5 ޖެނުއަރީ 2018 ގައި ވަޒީފާއިން މުސްކުޅިކޮށް ވަކިކުރައްވާފައިވާތީ، މުޙައްމަދު ނިޒާރު އިބްރާހީމަށް ދީފައިވާ ހުއްދަ ބާޠިލުކޮށް، ޑިރެކްޓަރ މުޙައްމަދު އަޙްމަދުފުޅާއި، އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު ޙުސައިންއަށް އެކައުންޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަދީ ގަރާރު ނަންބަރ 1/2018 އަދި 2/2018 ފާސްކުރުން.

14 ޖަނަވަރީ 2018 ވަނަ ދުވަހު ބޭއްވުނު ކައުންސިލްއަށް ލަފާދޭކޮމެޓީގެ ޖަލްސާގައި ދެއްވި ލަފާއާއި އެއްގޮތަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 96 ވަނަ މާއްދާގައިވާގޮތުގެމަތިން ކައުންސިލަށް ލިބޭ އާމްދަނީއާއި އެކިގޮތްގޮތުން ލިބޭ އެހީއަށް ބަލައިގެން އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވި ފޯމެޓާއެއްގޮތަށް 2018 ވަނަ އަހަރަށް ތައްޔާރުކުރި، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ 2018 ވަނަ އަހަރުގެ ބަޖެޓްގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 6,542,668/46 (ހަމިލިޔަން ފަސްސަތޭކަ ބަޔާޅީސްހާސް ހަސަތޭކަ އަށުހައްޓި ރުފިޔާ ސަޔާޅީސްލާރި) ކެޕިޓަލް ޚަރަދުގެ ގޮތުގައި 3,102,889/- (ތިންމިލިއަން އެއްސަތޭކަ ދެހާސް އަށްސަތޭކަ ނަވާހި) ރުފިޔާ، ޖުމްލަ 9,645,557/46 (ނުވަމިލިޔަން ހަސަތޭކަ ފަންސަޔާޅީސް ހާސް ފަސްސަތޭކަ ސަތުވަންނަ ރުފިޔާ ސަޔާޅީސް ލާރި) ގެ ބަޖެޓް ފާސްކުރުން.

14 ޖަނަވަރީ 2018 ވަނަ ދުވަހު ބޭއްވުނު ކައުންސިލްއަށް ލަފާދޭކޮމެޓީގެ ޖަލްސާގައި ދެއްވި ލަފާއާއި އެއްގޮތަށް، 2017 ވަނަ އަހަރުން 2021 ވަނަ އަހަރަށް އެކުލަވާލެވިފައިވާ ފާދިއްޕޮޅުގެ ތަރައްޤީގެ ޕްލޭން މުރާޖަޢާކޮށް އެކުލަވާލައިފައިވާ ޑްރާފްޓް ފާސްކުރުން.

14 ޖަނަވަރީ 2018 ވަނަ ދުވަހު ބޭއްވުނު ކައުންސިލްއަށް ލަފާދޭކޮމެޓީގެ ޖަލްސާގައި ދެއްވި ލަފާއާއި އެއްގޮތަށް، 2018 ވަނަ އަހަރަށް އެކުލަވާލެވިފައިވާ ޅ. އަތޮޅުކައުންސިލް އިދާރާގެ އަހަރީ މަސައްކަތު ތާވަލް ފާސްކުރުން.