ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިސްނަގައިގެން 2017ވަނަ އަހަރުތެރޭ ހިންގުނު ފާދިއްޕޮޅުގެ ރަށްރަށުގައި އިމާމުވެ ހުކުރުނަމާދު، ޢީދުނަމާދު އަދި ކޭތަ ނަމާދު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކުންގެ ތެރެއިން ހުއްދަލިބި ސެޓްފިކެޓް ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށްޓަކައި 8 ފެބްރުއަރީ 2018ވަނަ ދުވަހު ފާދިއްޕޮޅު އަތޮޅު ކައުންސިލްގައި ބޭއްވުނު ހަފްލާގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޙުސައިންއެވެ. މިޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ނައިފަރުގެ 04 ބޭފުޅަކާއި ކުރެންދޫގެ 03 ބޭފުޅަކު ފާސްވެ ހުއްދަ ޙާޞިލްކޮށްފައި ވެއެވެ.