19 ފެބުރުއަރީ 2018 ވީ ހޯމަ ދުވަހު ބޭއްވެވި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ އަންދާސީ ހިސާބުބަލާ ކޮމިޓީގެ 01/2018 ވަނަ ބައްދަލުވުމުގައި ތިރީގައި ދަންނަވާފައިވާ މައްސަލަ ތިރީގައި ދަންނަވާ ފައިވާ ގޮތުގެމަތިން ވަނީ ނިންމަވާފައެވެ.

ޅ. މާލާފުށީގައި ދިރިއުޅެމުންއައި ޅ. މާފިލާފުށީ ރަންފަސް ޢަބްދުލްމުޙުސިނު ޙުސައިން (ޅ. ނައިފަރު ފެހިގެ) އަށް ދާއިމީ ބޯހިޔާވަހިކަމެއް ލިބެންދެން ޅ. ނައިފަރުން 02 ކޮޓަރީގެ އެޕާރޓްމެންޓެއް މަހުކުއްޔަށް ހިފުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕުރީބިޑު ޑޮކިޔުމަންޓްސް އާއި މެދު ކޮމިޓީގައި ކުރެއްވި މަޝްވަރާގައި ، މަޢުލޫމާތު ކަރުދާހުގައިވާ، އެޕާރޓްމެންޓް ކުއްޔަށް ހިފުމުގެ ބައިގެ މުއްދަތަށް ބައެއް އިޞްލާޙު ގެންނަވާފައިވެއެވެ. އަދި މިގެނެވުނު އިޞްލާޙާ އެއްގޮތަށް ބިޑު ޑޮކިޔުމެންޓްސް ފާސްކުރައްވާފައި ވަނީ ބައްދަލުވުމަށް ޙާޟިރުވެލެއްވި މެމްބަރުންގެ އިއްތިފާޤުންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.