މިދަންނަވާ ކަންތައް (14 މާރިޗް 2018) ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/7 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 27 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފަންޑު އޮފިސަރ މުސާރައަށް ރަނގަޅު ކުރިއެރުމެއް ލިބުމަށް އެދި، ފަންޑު އޮފިސަރ ހުށަހަޅާފައިވާ  ގޮތުގެމަތިން،  އޭނާގެ ސާވިސް  އެލަވަންސްއަށް -/500 (ފަސްސަތޭކަ ރުފިޔާ) އިތުރުކުރަން ނިންމުން.

ރަށްވެހިގެ ކުއްޔަށް ހިފުމަށް އެދިފައިވާ އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން މިހާތަނަށް ޖަވާބެއް ދީފައިނުވާތީ، ރަށްވެހިގެ ބިޑަށް ހުޅުވާލަން ފެންނަކަމަށާއި ނަމަވެސް ބިޑަށް ހުޅުވާލާނީ އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އަށް އެކަންއަންގައި 10 (ދިހައް) ދުވަހުގެ މުއްދަތެއް އެކުންފުނިން ގޮތެއް ނިންމަން ދިނުމަށް ފަހުގައި ކަމަށްނިން.

ކައުންސިލަރުން މަޤާމަށް އަހުލުވެރިކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމަށް ހިނގާ ހުރިހާ ޚަރަދެއް ކައުންސިލުން ހަމަޖައްސާނަމަ، ހިންގާދެވިދާނެ ކަމަށް އެލް.ޖީ.އޭ.އިން އަންގަވާފައިވީނަމަވެސް، ކައުންސިލްގެ ބަޖެޓްގައި މިއަހަރު މިކަމަށް ޚަރަދުކުރާނެފައިސާ ކަނޑައެޅިފައި ނެތުމުން، މިޕްރޮގްރާމް މިއަހަރު ހިންގަން ބޭނުން ނުވާކަމަށް ނިންމުން.

26 ވަނަ ޤުރުއާންމުބާރާތް ނައިފަރުގައި ބޭއްވުމަށް ނައިފަރު ކައުންސިލް އިދާރާއާ ޙަވާލުކުރައްވާނަމަ، އިތުރު ހަރަދެއް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން، ކުރަންނުޖެހޭނޭ ކަމަށް ދެފަރާތުން އެއްބަސްވެ ދެފަރާތުން އެއްބަސްވާ އެމް.އޯ.ޔޫ އެއްގެ ދަށުން، މުބާރާތް ބޭއްވުމަށް ބަޖެޓްގައި ކަނޑައެޅިފައިވާ 60.000/- (ފަސްދޮޅަސްހާސް) ރުފިޔާ ނައިފަރު ކައުންސިލާ ޙަވާލުކުރުމަށް ނިންމުން.

އަތޮޅުގޭ ކައުންސިލަރުން ތިއްބަވާ ކޮޓަރިތަކަށް ކުލި ނެގުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އަންގަވާފައިވާތީ، ދުވަހު ކުލީގެ ގޮތުގައި، ދުވާލަކަށް ކޮޓަރިއަކަށް ކަނޑައަޅާނެ އަގުތަކެއްގެގޮތުގައި:

ކޮޓަރި ނަންބަރު 1 = ދުވާލަކަށް -/100ރ. (ސަތޭކަރުފިޔާ)

ކޮޓަރި ނަންބަރު 2 އަދި 3 = ދުވާލަކަށް -/350ރ. (ތިންސަތޭކަ ފަންސާސް ރުފިޔާ)

ކޮޓަރި ނަންބަރު 4 = ދުވާލަކަށް -/400ރ. (ހަތަރު ސަތޭކަ ރުފިޔާ) ކަމަށް ނިންމުން.

މާރކެޓްގައި މިހާރު އުޖޫރަ ހުރިރޭޓަށް ރިޢާޔަތްކޮށް ލޯންޗްގެ ކޮންޓްރެކްޓް ފަޅުވެރިންނާއި ކެޕްޓަނުން ހޯދުމަށް އިޢުލާން ކުރާއިރު، އެންމެ މަތީ އަގުތަކެއްކަމުގައި ކައުންސިލްއިން ކުރިން ފާސްކޮށްފައިވާ ފަޅުވެރިޔަކަށް -/200ރ. އަދި -/350ރ. ގެ އަގުތަކެއް ކަނޑައަޅާފައިވުމުން، ކޮންޓްރެކްޓް މުވައްޒަފުން ހޯދުމުގައި ދަތިތަކެއް ދިމާވަމުންދާތީ، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން، ކޮންޓްރެކްޓް މުވައްޒަފުން ހޯދުމަށް އިޢުލާންކުރާ އެންމެ މަތީ އަގުތައްކަމުގައި، ފަޅުވެރިޔަކަށް -/250ރ، އަދި ޑްރައިވަރަކަށް -/375ރ ކަނޑައަޅަން ނިންމުން.