މިދަންނަވާ ކަންތައް (28 މާރިޗް 2018) ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/9 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 29 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

“ޅަވިޔަނި ޓަރޓްލް ފެސްޓިވަލް 2018” ގެ ސްޕޮންސަރއަށް އެދި ނައިފަރު ޖުވެނައިލްއިން ހުށަހަޅުއްވާފައިވާ މައްސަލައަށް ރިޢާޔަތްކޮށް، އެ އިވެންޓްގައި، މިއިދާރާއިން ދެމުންގެންދާ ޚިދްމަތްތައް އިސްތިހާރުކުރަން ފެންނަކަމަށާ، މިގޮތުން މިއިދާރާއިން ނަގަންފެންނަނީ، އިވެންޓްގެ ކޯރ ސްޕޮންސަރޕްލަސް ޕެކޭޖްގެތެރެއިން، އިންޓަރނެޓްގެ ޚިދްމަތް ފޯރުކޮށްދިނުމަށް އޮތް ކޮމްޕޯނެންޓްކަމަށް ނިންމުން.

ދުނިޔޭގެ ޞިއްޙަތުދުވަސް ފާހަގަކުރުމުގެގޮތުން، ހިންނަވަރު ޞިއްޙީމަރުކަޒުން ހިންގާ ޕްރޮގްރާމަށް ފައިސާގެ އެހީތެރިކަމެއް ނުވަތަ ތަކެތީގެ އެހީތެރިކަމެއް ދިނުމަށްބަލާއިރު، ޕްރޮގްރާމްތަކަށް އެހީދިނުމުގެ އުޞޫލު ފާސްކޮށް ގެޒެޓްކޮށް ޢާންމުކުރުމަށް ވަގުތުތަކެއް ހިނގާނޭކަމަށް ފެންނާތީ އެ އުޞޫލު ފާސްކުރެވެންދެން މިފަދަ ހުށަހެޅުންތަކަށް މާލީއެހީތެރިކަން ދެވެންނެތްކަމަށް ނިންމުން.