މިދަންނަވާ ކަންތައް (04 އެޕްރީލް 2018) ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/10 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 30 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިންޖީނު ސަރވީސް ސެންޓަރ ޢިމާރާތާއި ގޯތި ކުއްޔަށް ދޫކުރުމާއި ބެހޭ އެއްބަސްވުމަށް ބަދަލު ގެނައުމަށް ވެވޭ އެއްބަސްވުމުގެ 11 ވަނަ މާއްދާއަށް (ނ) ގެ ގޮތުގައި އިތުރުކުރެވޭ މާއްދާގައި، ކުލި ނުދައްކައިގެން ތަން ވަކިކުރާއިރު، ކޮށްފައިވާ މަސައްކަތަށް ބަދަލު ނުލިބޭގޮތަށް އޮތުމަކީ ކުއްޔަށް ހިފާފައިވާ ފަރާތުގެ ވަރަށްބޮޑު ޙައްޤެއް ގެއްލިގެންދާ ކަމެއްކަމަށްވާތީ، އެއްބަސްވުން އުވާލާނަމަ ކޮށްފައިވާ މަސައްކަތަށް ބަދަލުލިބޭގޮތަށް އެމާއްދާ އިޞްލާޙްކޮށްދެއްވުން އެދި ކޮންޓަރެކްޓަރ ހުށައަޅާފާވައި މައްސަލަ ކައުންސިލް އިން ދިރާސާކުރިއިރު، އިދާރީގޮތުން ކޮންޓަރެކްޓަރާއި ކުރެވުނު މަސްވަރާތަކާއި، ބަދަލު ކުރެވުނު ލިޔެކިއުންތަކަށްފަހުވެސް އެގްރީމެންޓްއަށް ގެންނަންޖެހޭ ބަދަލުގެނައުމާއިމެދު އެއްބަސްވުމަކަށް އާދެވިފައި ނުވާތީ ކައުންސިލްއާއި ކޮންޓަރެކްޓަރާއި އެކު މަސްވަރާކުރުމަށް، މީޓިންއެއް އިދާރީ ގޮތުން އިންތިޒާމްކުރުމަށް ނިންމުން.