އޭޒޯން ލައިސަންސް ބިން ފެހިކުރުމުގެ ޕްރޮގްރާމެއް ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ ފަރާތުން ހިންގާފިއެވެ. މިޕްރޮގްރާމް ހިންގާފައިވަނީ 06 އޭޕްރީލް 2018ވީ ހުކުރު ދުވަހު އޭޒޯން ލައިސަންސް ބިމުގައެވެ. މިޕްރޮގްރާމްގައި ޖުމްލަ 29 ގަސް ބިމުގައި އިންދާފައިވެއެވެ.
މިމަސައްކަތުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް އެހީތެރިވުމަށް ނައިފަރުގައި ފެނާނަރުދަމާގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ލަކީ އެކްސްޕޯޓް ކުންފުނީގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެވެ. މިގޮތުން ގަސްޖެހުމަށްޓަކައި ވަޅުކޮނެ އަދި ފަސްއަޅައިދީފައިވަނީ އެފަރާތުން ނައިފަރުގައި އޮޕަރޭޓްކުރާ ކުޑަ އެކްސްކަވޭޓަރަކުންނެވެ.
އެޒޯން ލައިސަންސް ދޫކުރުމަށް ޕްރެކްޓިކަލް ޓެސްޓް ހެދުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ތަރައްޤީކޮށްފައިވާ ބިން އިތުރަށް ހިތްފަސޭހަކޮށްކުރުމުގެ ވިސްނުން ފާދިއްޕޮޅު އަތޮޅު ކައުންސިލުން ގެންގުޅުއްވައެވެ. މިގޮތުން ބިން ފެހިކުރުމާއި މީހުން ހިތްހަމަޖައްސާލުމަށް މަޑުކޮށްލާ އިށީދެލާނެ ފަދަ ގޮނޑިތައް ބިމުގައި ޖެހުންވެސް ހިމެނެއެވެ. ބިން ތަރައްޤީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު ކުރެވެމުންދަނީ ބިމުގައި ލައިޓްޖަހައި ދިއްލުމުގެ މަސައްކަތެވެ. މިގޮތުން އެމަސައްކަތް ހަވާލުކުރާނެ ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން






