މިދަންނަވާ ކަންތައް (30 މެއި 2018) ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/12 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 32 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

މުވައްޒަފުންނާ ވަޞީލަތުގެ ދަތިކަން ހުރިގޮތުން، އަތޮޅު ރަށްވެހިގެ-1 ޢިމާރާތް އަމިއްލައަށް ހިންގުމުގެ ބަދަލުގައި، 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދޫކުރަން ފެންނަކަމަށާ، މިގޮތުން ތަން ކުއްޔަށް ދޫކުރަން ފެންނަނީ، ދިރިއުޅުން، ނުވަތަ ދިރިއުޅުމަށް ކުއްޔަށް ދޫކުރުމަށް، ނުވަތަ ފިހާރާ، ނުވަތަ އޮފީސް ހިންގުންފަދަ، އަވަށްޓެރިންނަށް އުނދަގޫ ނުވާ ބާވަތުގެ، އަދި ޢިމާރާތަށް ގެއްލުން ނުވާ ބާވަތުގެ މަސައްކަތްތައް ކުރުމަށްކަމަށް ނިންމުން.

16 މެއި 2018 އިން 15 ޖޫން 2018 އާ ދެމެދުގެ މުއްދަތުގައި، ލޯންޗްގެ ޑްރައިވަރުންނާ، ފަޅުވެރިންގެ އޯވަރޓައިމް ލިމިޓް މިހާރު ހަމަޖައްސާފައިވާ ލިމިޓްއަށްވުރެ %25 އިތުރުކުރަން ފެންނަކަމަށާ، މިގޮތަށް ފެންނަނީ، މި މުއްދަތަކީ، ރަމަޟާންމަހުގެ ދުވަސްތައް ހިމެނޭ މުއްދަތުކަމަށް ވާތީކަމަށް ނިންމުން.