މިދަންނަވާ ކަންތައް 18 ޖުލައި 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/15 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 35 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅުކައުންސިލުން ބާއްވާ 26 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތު ހަމަވިފަހުން، ނައިފަރު ޖުވެނައިލް އިންނާއި، ޅ. ކުރެންދޫ ޙަވަލި ޤުރުއާން ކުލާހާއި، އިންސްޓިޓިއުޓް އޮފް ތަރުތީލުލް ޤުރުއާން ކުލާހުން މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ރިޢާޔަތްކުރާއިރު، މުބާރާތުގެ ތާރީޚް މަސްދުވަހަކަށްވުރެ ބޮޑަށް ލަސްކުރެވިފައިވާތީ، މިހާރު ހުށަހެޅިފައިވާ 3 އެޕްލިކޭޝަން ބަލައިގަންނަން ފެންނަކަމަށް ނނިންމުން.