މިދަންނަވާ ކަންތައް 02 އޮގަސްޓް 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/17 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 37 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅު ރައްޔިތުންގެ ފަންޑު މެދުވެރިކޮށް ޅ.އަތޮޅުގައި ޤާއިމްކޮށްފައިވާ ސަރުކާރުގެ އެކިއެކި މުއައްސަސާތަކާ، ޅ. އަތޮޅުގައި ޤާއިމްވެފައިވާ ރިސޯޓްތަކާއި، ޅ. އަތޮޅުގައި ޤާއިމްވެފައިވާ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް އިންސްޓޯލްމަންޓަށް ފައިސާދައްކާގޮތަށްކްރެޑިޓަށް މުދާ ދޫކުރުމަށްޓަކައި އެކުލަވާލެވިފައިވާ “ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ވިނަރެސް ސްކީމްގް އުޞޫލު” މިހާރު އޮތްގޮތަށް ފާސްކުރުން.

ސަލާމްލޯންޗް މަރާމާތު ކުރުމަށް 2018 ވަނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓްގައި، ލޯންޗްގައި ކުރަންހުރި މަރާމާތުތަކަށް ލިބިފައިވާ ކޯޓޭޝަންތަކުގެ އަގަށް ޚަރަދުކުރެވޭ މިންވަރަށް ފައިސާ ހިމެނިފައި ނުވާތީ، ނިމިފައިވާ ޙަރަކާތްތަކުގެ ކޯޑްތަކުންނާ، ފާއިތުވެފައިވާ ޙަރަކާތްތަކުގެ ކޯޑުތަކުންނާ، ޚަރަދުތައް ކުޑަކުރެވެންހުރި، އެހެން ކޯޑްތަކުން، ފައިސާ ޓްރާންސްފާރ ކުރުމަށް ކޮންޓްރޯލް ފޯމްހަދައިގެން ފައިސާ ބަދަލުކޮށް، ލޯންޗް މަރާމާތަށް ބޭނުންވާ ފައިސާ ހަމަކުރަން ނިންމުން.