މިދަންނަވާ ކަންތައް 06 އޮގަސްޓް 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/18 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 38 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 95 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން ކައުންސިލަށް ލިބޭ އާމްދަނީއާއި އެކިގޮތްގޮތުން ލިބޭ އެހީއަށް ބަލައިގެން، އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވި ފޯމެޓާއި އެއްގޮތަށް 2019 އިން 2021 ވަނަ އަހަރަށް ތައްޔާރު ކުރެވިފައިވާ ބޭސްލައިން ބަޖެޓް ޑްރާފްޓް ކުރެވިފައިވާގޮތަށް (ޖުމްލަ ޢަދަދު 4,799,582/-) ފާސްކުރުން.

މަޢުލޫމާތު ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ޤަވާޢިދުގެދަށުން، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގައި އެކުލަވާލާފައިވާ މުރާޖާކޮމިޓީގައި ހިމެނޭ 2 މެމްބަރުން މިހާރު ވަޒީފާއިން ވަކިވެފައިވާތީ، އެދެމެމްބަރުންގެ ބަދަލުގައި މުރާޖާ ކޮމިޓީގައި އަލުން ދެމެމްބަރުން ހިމަނައި، މިއިދާރާގެ މުރާޖާކޮމިޓީ އެކުލަވާލުން.