މިދަންނަވާ ކަންތައް 27 ސެޕްޓެމްބަރ 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/23 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 43 ވަނަ ޢާއްމުޖަލްސާ) އިން ވަނީ ނިންމާފައެވެ.

ސެޓްފިކްޓް 3 ލެވެލްގެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށްވެސް، ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ވިނަވިސްކީމްގެ އުޞޫލަށް ބަދަލުގެނެސް، ސެޓްފިކެޓް 3 އިން ފެށިގެން ޕީ.އެޗް.ޑީ. އާއި ހަމައަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ވިނަވި ސްކީމުން ފުރުޞަތު ލިބޭގޮތަށް އެހީދޭ ރޭންޖް ފުޅާކޮށް، އުޞޫލް އިޞްލާޙްކޮށް، މި ބަދަލު ގެނެސް 15 އޮކްޓޯބަރ 2018 ގެ ކުރިން އުޞޫލު ޢާންމުކުރުމަށް ނިންމުން.

ވިނަވިސްކީމްގައި ސްކިލް ޝޯޓޭޖް ލިސްޓްގައި ހިމެނޭ ދާއިރާއަކާ ސީދާ ގުޅުންނެތް ދާއިރާއަކުން ކަމުގައި ވީނަމަވެސް، އެ ދާއިރާއަކީ މެނޭޖްމެންޓާ ގުޅުންހުރި ދާއިރާއަކަށްވާތީ، ސްކީމްގެ އުޞޫލަށް ބަދަލުގެނެވި ޢާންމުކުރެވުމުން، ހުށަހަޅާފައިވާ އެޕްލިކޭޝަންއަށް ސްކީމްއިން މާލީއެހީ ހަމަޖައްސައިދޭން ނިންމުން.

ނައިފަރު އެޕެކްސް ސްޕޯޓްސް ކްލަބުގެ ފަރާތުން ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރު ދަސްކޮށްދިނުމަށް އެހީތެރިކަމަށް އެދިލައްވާފައި ވީނަމަވެސް، އެފަދަ އެހީއެއް ކަނޑައަޅަންއެނގޭނީ، ބޭނުންވާ ތަކެތީގެ ލިސްޓާއި، އެތަކެތި ބޭނުންކުރެވޭ ލަފާކުރާ މުއްދަތު، އަދި އެތަކެތީގެ އަގު ލިސްޓް ނުވަތަ ކޯޓޭޝަންފަދަ އިތުރު ލިޔުން ހުށަހަޅުއްވައިގެން ކަމަށްވާތީ، އެމަޢުލޫމާތުތައް މިކައުންސިލްއާ ޙިއްޞާކުރުމަށް އެންޖީއޯއަށް ދަންނަވަން ނިންމުން.