ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (23/2018)
މިދަންނަވާ ކަންތައްތައް، 09 އޮކްޓޯބަރ 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2018/24 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 44 ވަނަ ޢާއްމުޖަލްސާ) އިން ވަނީ ނިންމާފައެވެ.
ޅ. ނައިފަރު “އީކޯ ޔޫތު ” ޖަމްޢިއްޔާއިން، ނައިފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ “އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް 2018” ފުޓްބޯޅަ މުބާރާތަށް ސްޕޮންސަރ ދޭން ފެންނަކަމަށާއި، އެގޮތުންނަގާނީ ސްޕޮންސަރޝިޕް ސްޓެންޑާޑް ޕެކޭޖް1 ކަމަށާއި، މިމުބާރާތަށް 5000.00 (ފަސްހާސް) ރުފިޔާ ދޭން ނިންމުން.
މި އިދާރާއިން ރައްޔިތުންނަށް ދޭ ޚިދްމަތެއްގެ ގޮތުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ، ކަނޑު އުޅަނދުފަހަރު، އަލަށް ބަންނަން ބޭނުންވާ ފަރާތްތަކަށް އޮޑީ ނަންބަރު ދޫކުރުމުގެ ޚިދްމަތުގެ ފީއެއްގެ ގޮތުގައި 75.00 (ފަންސަހަތްތަރި) ރުފިޔާ ނެގުމަށާއި، ކަނޑު އުޅަނދުގެ ރަޖިސްޓަރީ ހެއްދުމަށްއެދި ސާރވޭ ކުރުމަށް ޚިދްމަތުގެ ފީއެއްގެ ގޮތުގައި 200.00 (ދުއިސައްތަ) ރުފިޔާ ނަގަން ނިންމުން.
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން، ޅ. އަތޮޅަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ހިންގުމަށް ބަޔަކާ ޙަވާލުކުރުމަށް ކުރެވޭ އިޢުލާނު މިހާރު ހުށަހެޅިފައިވާ ގޮތަށް ފާސްކުރުން.
ފަހުގެ ލިއުންތައް
- 2019 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޖެނުއަރީ 2019
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެމްބަރ 2018
- 2 ރަށު ޕިކަޕު ގަތުމާއި ގުޅޭ
- ވޭސްޓް މެނޭޖްމެންޓް މަހާސިންތާ 2018
- އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. ނައިފަރު
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. އޮޅުވެލިފުށި
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. ކުރެންދޫ