މިދަންނަވާ ކަންތައްތައް، 18 އޮކްޓޯބަރ 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2018/25 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 45 ވަނަ ޢާއްމުޖަލްސާ) އިން ވަނީ ނިންމާފައެވެ.

ޅ. އަތޮޅު ތަޢުލީމީ މަރުކަޒްގެ މިއަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ސްޓޭޖް ބެކްޑްރޮޕް ޕްރިންޓް ކުރުމުގެ ޚަރަދުގެ ގޮތުގައި، 4494.40 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ސައުރަޔާނަވައި ރުފިޔާ / ސާޅީސް ލާރި) ދޭން ނިންމުން.

20 ނޮވެމްބަރ 2018 ގައި، ޅ. ކުރެންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ “ކުރެންދޫ ކަޕް 2018” ފުޓްބޯޅަ މުބާރާތަށް އެހީއެއްގެ ގޮތުގައި، 5000.00 (ފަސްހާސް) ރުފިޔާ، ދޭން ނިންމުން.

ޅ. ނައިފަރު އެޕެކްސް ސްޕޯޓްސް ކްލަބްގެ ފަރާތުން އިސްނަގައިގެން ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރު ދަސްކޮށްދިނުމަށް ހިންގަމުން އަންނަ ޕްރޮގްރާމަށް އެހީއެއްގެ ގޮތުގައި، 3250.00 (ތިންހާސް ދުއިސައްތަ ފަންސާސް) ރުފިޔާ، ދޭން ނިންމުން.