މިދަންނަވާ ކަންތައްތައް، 31 އޮކްޓޯބަރ 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2018/27 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 47 ވަނަ ޢާއްމުޖަލްސާ) އިން ވަނީ ނިންމާފައެވެ.

ޅ. އޮޅުވެލިފުށީ މަގުތައް އަލި ކުރުމަށްޓަކައި، މަގުތަކުގައި އިތުރު 15 މަގުބައްތި ޖެހުމާއި، ނުދިއްލޭ 07 ބައްތި މަރާމާތު ކުރުމުގެ ޕްރޮޖެކްޓަކީ، ގިނަ ރައްޔިތުންތަކަކަށް ދިގުމުއްދަތަށް މަންފާ ކުރާނޭފަދަ މަޝްރޫޢެއް ކަމަށްވާތީ، މި މަޝްރޫޢަށް ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އާމްދަނީ އެކައުންޓުން، -/20,000 (ވިހިހާސް) ރުފިޔާ ދޭން ނިންމުން.

2- ޅ. މަޑިވަރުގައި އެއަރޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރައްވާ ގަލްފް ކޮބްލާގެ ފަރާތުން، ފާދިއްޕޮޅު ސްޓޭޓްހައުސް (ޅ. އަތޮޅުގެ) އިން 4 ކޮޓަރި އާއި، ޑައިނިންގ އޭރިޔާއާއި، ބަދިގެ އަދި ސިޓިންގރޫމް ހިމެނޭގޮތަށް (އެތަނުގެ ކަރަންޓާއި ފެނަށް ހިގާޚަރަދު އެމީހުން ދޭގޮތަށް) ކުއްޔަށް ހިފުމަށް އެދިފައިވާތީ، މިކަމަކީ، ކައުންސިލަށް އާމްދަނީ އިތުރުކުރުމުގެގޮތުން ކުރެވިދާނެ ކަމެއްކަމަށް ފެންނާތީ، މިހާރު ކައުންސިލަރުން ތިއްބަވާ ކޮޓަރި ފިޔަވައި އަނެއް 3 ކޮޓަރިއަށް މިހާރުގެ ކައުންސިލުން ނިންމާފައިވާ އަގު ދުވާލަކަށް -/400 ރުފިޔާ ބޮޑުކަމަށް ފެންނާތީ، އެތަންތަނުގެކުލި، ދަށްކުރަން ފެންނަ ކަމަށާއި، މިގޮތުން،

މީގެކުރިން -/100 ރުފިޔާ އަށްވުރެ ބޮޑުކޮށް ކުއްޔަށް ދިނުމަށް ނިންމާފައިވާ 3 ކޮޓަރީގެ ދުވަހުކުލި ދުވާލަކަށް -/100 (އެއްސަތޭކަ) ރުފިޔާ އަށް ބަދަލުކުރުމަށް.

ބަދިގެ އަދި ޑައިނިންގ އޭރިޔާ ދުވާލަކަށް -/100 (އެއްސަތޭކަ) ރުފިޔާ އަށް.

ސިޓިންގރޫމް ދުވާލަކަށް -/100 (އެއްސަތޭކަ) ރުފިޔާ އަށް.

އަދި އަތޮޅުގޭގެ ކަރަންޓް ޚަރަދަށް ކޮންމެ މަހަކު -/10,000 (ދިހަހާސް) ރުފިޔާ، ދައްކާގޮތަށް ފާސްކުރުން.