ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން 15 ނޮވެމްބަރ 2018 އިން 17 ނޮވެމްބަރ 2018 އަށް ކުރިއަށް ގެންދިޔަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ފާދިއްޕޮޅު ރަށު ކައުންސިލްތަކުގެ މަންދޫބުންނާއި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މަންދޫބުންނާއި، ޅ އަތޮޅު ހޮސްޕިޓަލާއި އަދި މަދްރަސަތުލް އިފްތިތާހުގެ މަންދޫބުން ބައިވެރި 20 ގަޑިއިރުގެ މިތަމްރީން ޕްރޮގްރާމްގައި ޖުމްލަ 28 މީހުން ބައިވެރިވެފައިވެއެވެ.

މިތަމްރީން ޕްރޮގްރާމްގައި ކިޔަވާދެވުނު ބައިތަކަށް ބަލާއިރު، ހިއުމަން ރިސޯސް މެނޭޖްމެންޓާއި، ޓައިމް މެނޭޖްމެންޓާއި، މަސައްކަތުގެ އަޚްލާޤާއި، ވިސްނުމުގެ ހުނަރާއި، މުޢާމަލާތުކުރުމުގެ ހުނަރާއި، ސްޓްރެސް މެނޭޖްމަންޓާއި، ކަސްޓަމަރ ސަރވިސް އަދި ލީޑަރޝިޕްގެ ފިލާވަޅުތައް ހިމެނެއެވެ.

ފާދިއްޕޮޅުގެ ހުރިހާ ރަށަކުން މީހުން ބައިވެރިވި މިޓްރެއިނިންގ ޕްރޮގްރާމް ފުރަތަމަ 02 ދުވަހުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ. އަދި 03ވަނަ ދުވަހުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މަދްރަސަތުލް އިފްތިތާޙުގެ ޓީއާރުސީ ހޯލުގައެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލްގައި ހިމެނިގެން ކުރިއަށް ގެންދެވުނު މިޕްރޮގްރާމްގެ ހުރިހާ ޚަރަދެއް ހަމަޖައްސާފައިވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުންނެވެ.