މިދަންނަވާ ކަންތައްތައް، 28 ނޮވެމްބަރ 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2018/31 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 51 ވަނަ ޢާއްމުޖަލްސާ) އިން ވަނީ ނިންމާފައެވެ.

      1 – މިހާރު ހިގަމުންދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އުމުރު ހަމަވުމާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލަންޖެހޭ އަތޮޅު އިލެކްޝަންސް ކޮމިޓީ ތިރީގައިވާގޮތަށް އެކުލަވާލުމަށް ނިންމުން.

  • ކޮމެޓީގެ ޗެއަރ އަކަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިސް މުވައްޒިފެއް ޒިންމާދާރުވެރިޔާގެ ފަރާތުން ޢައްޔަން ކުރުން.
  • ނައިފަރުގެ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުނާއި ވާހަކަ ދައްކާގެން އެއްބަސްވާ ދެބޭފުޅެއް، ކޮމެޓީގެ އިތުރު 2 މެމްބަރުން ގޮތުގައި ހަމަޖެއްސުން.
  • މި މެމްބަރުން ޢައްޔަންކުރުމުގައި ޝަރުތުހަމަވާ ބޭފުޅުން ނެގުމަށް ސަމާލުކަން ދިނުން.

      2 – ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2016 ވަނަ މާލީއަހަރުގެ ކޮމްޕްލައެންސް އޮޑިޓް ނިންމުމަށްޓަކައި އޮޑިޓްފާރމް އިން ފޮނުވާފައިވާ ޑްރާފްޓް ކޮމެންޓްތައް އިތުރަށް ރިވިޔު ކުރަން ބޭނުންވާނަމަ، ރިވިއު ކުރުމަށްފަހު ޑްރާފްޓްގެ ހުރިހާ ޕޭޖެއްގައި ކައުންސިލް ސްޓޭމްޕްޖަހައި ސޮއިކުރުމަށްފަހު ފޮނުވުމަށް އޮޑިޓް ޓީމުން އަންގަވާފައިވާތީ،މިހާރު ޑްރާފްޓް އަށް ކޮމެންޓް ކުރެވިފައިވާ ގޮތަށް ޑްރާފްޓް ފާސްކުރުން.

      3 –  ޅ. އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން ، ޅ.އޮޅުވެލިފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމަށް 3 ފަހަރު އިޢުލާނުކޮށް  އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެމަސައްކަތްކުރާ އެގްރޯ ސާރވިސް ޕްރައިވެޓް ލިމިޓެޑް އާއި ވާހަކަދެއްކުމުން އެފަރާތުން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާތީ، މި ޕްރޮގްރާމް ހިންގުމަށް އަތޮޅުކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކޮށް، އެގްރޯ ސާރވިސް ޕްރައިވެޓް ލިމިޓެޑްއާ 26,500.00 (ސައްބީސްހާސް ފަސްސަތޭކަ) ދިވެހި ރުފިޔާއަށް ކޮންޓްރެކްޓް ޙަވާލުކުރަން ފެންނަކަމަށާއި މިޕްރޮގްރާމަށް އިތުރަށް ހިގާ ޚަރަދުތަކާއިއެކު މި ޢަދަދު މިއަހަރު ނުހިންގި ހުރި އެކްޓިވިޓީތަކުގެ ބަޖެޓުން ކޮންޓްރޯލްކުރަން ފެންނަކަމަށް ނިންމުން.