ފާދިއްޕޮޅު ވޮލީ ލީގުގެ ޗެމްޕިއަންކަން ނައިފަރު ޖުވެނައިލް އިން ހޯދައިފިއެވެ. ޅ. ހިންނަރު ވޮލީކޯޓުގައި ހިންނަވަރު ވޮލީޓީމާއި ވާދަކޮށް މިމެޗް ނައިފަރު ޖުވެނައިލް އިން ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ.

ފޯރިގަދަ ބަލާހިތްވާ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ސެޓް ނައިފަރު ޖުވެނައިލް ސިއްސުވާލުމަށްފަހު ކާމިޔާބުކުރީ ހިންނަވަރު ވޮލީ ޓީމެވެ. ފުރަތަމަ ސެޓް ހިންނަވަރު ވޮލީޓީމުން ކާމިޔާބުކޮށްފައިވާނީ 18-25 އިން ނެވެ. ދެވަނަ ސެޓްވެސް ފެނިގެން ދިޔައީ ވަރަށް ފޯރިގަދަ ކޮށް ވަރަށް ވާދަވެރިކޮށް ދެޓީމުވެސް ކުޅެމުންދިޔަތަނެވެ. މިސެޓް 20-25 އިން ކާމިޔާބުކޮށް ނައިފަރު ޖުވެނައިލްވަނީ މެޗްގެ ތެރެއަށް ވަދެފައެވެ. ތިނަވަނަ ސެޓް ހަމަ ހަމަ ކުޅުމަކަށްފަހު 19-25 އިން ކާމިޔާބު ކޮށް ނައިފަރު ޖުވެނައިލްވަނީ އިތުބާރު ބޮޑުކޮށްފައެވެ. އަދި މިފޯރީގައި އަރާ ހަތަރުވަނަ ސެޓްވެސް 20-25 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ނައިފަރު ޖުވެނައިލް އިން ޔަޤީންކުރިއެވެ.

ދެޓީމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެކު، މިމެޗްގެ ކުޅެމިން ދިޔައިރު ސަޕޯޓަރުންގެ އަޑުން މުޅި ސަރަހައްދުވަނީ ގުގުމާލާފައެވެ. ޅ އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ އަރީފް ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޙާޞިލްކޮށްފައިވަނީ ނައިފަރު ޖުވެނައިލްގެ ޖާޒީ ނަންބަރު 14 އާދަމް ނަސީމް އެވެ.

ފައިނަލް މެޗްނިމުން މުބާރާތުގެ ވަނަވަނަ އަށް އައި ޓީމްތަކަށާއި ކުޅުންތެރިންނަށް ޓްރޮފީއާއި އިނާމާއި މެޑަލް ހަވާލުކުރުން އޮތެވެ.

މުބާރާތުގެ ވަނަތައް:

މުބާރާތުގެ މޮޅު 6 ކުޅުންތެރިން:

މުޙައްމަދު ޢަހުސަން (ޖާޒީ ނަންބަރު 2 ) – ނައިފަރު ޖުވެނައިލް

ޖަގުތާރު ސިންގ (ޖާޒީ ނަންބަރު 12)  – ހިންނަވަރު ވޮލީޓީމް

ހަސަން އާމިރު (ޖާޒީ ނަންބަރު 5) – ހުރަވަޅި ޕަވަރ

އަހުމަދު ޝައިފުﷲ (ޖާޒީ ނަންބަރު 11) – ނައިފަރު ޖުވެނައިލް

މުޙައްމަދު ޝާއިން (ޖާޒީ ނަންބަރު 16) – ނައިފަރު ޖުވެނައިލް

ޢަބްދުﷲ މުޙައްމަދު ނަޢީމް (ޖާޒީ ނަންބަރު 4) – ނައިފަރު ޖުވެނައިލް

މުޅިމުބާރާތުން ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ

މުޙައްމަދު ޝާއިން (ޖާޒީ ނަންބަރު 16) – ނައިފަރު ޖުވެނައިލް

މުބާރާތުގެ ފެއަރޕްލޭ ޓީމް: ހުރަވަޅި ޕަވަރ

މުބާރާތުގެ ރަނައަޕްޓީމް: ހިންނަވަރު ވޮލީޓީމް

މުބާރާތުގެ ޗެމްޕިއަންޓީމް: ނައިފަރު ޖުވެނައިލް

މިމުބާރާތުގައި 04 ޓީމް ވާދަކޮށްފައިވާއިރު މުބާރާތް ކުރިއަށްދިޔައީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ފައިނަލްގައި ކުޅޭގޮތަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް -/25000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް -/10000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބާރާތް އިންތިޒާމްކޮށް ރާވާފައިވަނީ އާޓްޒޯންގެ ފަރާތުންނެވެ.