ފާދިއްޕޮޅު ކައުންސިލްތަކުން ބައިވެރިވި ވޭސްޓްމެނޭޖްމަންޓާއި ގުޅޭ މަސައްކަތު ބައްދަލުވުން ނިންމާލައިފި
ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޅ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އަމާޒުކޮށް ބޭއްވުނު ‘ފާދިއްޕޮޅު ކައުންސިލްތަކުގެ ވޭސްޓް މެނޭޖްމަންޓް ވޯރކްޝޮޕް’ މިއަދު ނިންމާލައިފިއެވެ.
މިއަދު ހެދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ފާދިއްޕޮޅުގެ ހުރިހާ ކައުންސިލަކުން ޖުމްލަ 18 މަންދޫބުން ބައިވެރިވެ ރަށްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށްހުރި ގޮންޖެހުންތަކާއިމެދު މަޝްވަރާކޮށްފައިވެއެވެ.
މޯލްޑިވްސް ކްލީން އެންވައިރަމެންޓް ޕްރޮޖެކްޓްގެ ފެސިލިޓޭޓަރުންގެ އެހީގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމަކީ ފާދިއްޕޮޅުގެ ރަށްރަށުގައި ރަށްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރިއަށް ދެވިދާނެ ގޮތްތަކާއިމެދު ޅަވިޔަނި އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވޭ ގޮތްތަކެއް ހޯދުމުގެ ބޭނުމުގައި ކުރިއަށް ގެންދެވުނު ބައްދަލުވުމެވެ.
މިބައްދަލުވުމުން ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ފާދިއްޕޮޅު ކުނީގެ ހާލަތާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިރިޕޯޓް ސަރުކާރުގެ ކަމާއިގުޅޭ އިދާރާތަކަށް ހުށަހަޅާ ކުނީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތައް ގުޅިގެން އަވަސް ހައްލުތަކެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.
ފަހުގެ ލިއުންތައް
- 2025 އޭޕްރީލް މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (މާރޗް، އެޕްރީލް 2025)
- ފާދިއްޕޮޅު ސްޓޭޓް ހައުސް ޢިމާރާތް ތަޅައި ބިން ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓު) – ހިންނަވަރު ކައުންސިލްގެ އިދާރާ
- ޅ.އަތޮޅުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓް ކުރަން ފެށުން!
- 2025 މާރޗް މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (މާރޗް 2025)
- އެސިސްޓެންޓް ކައުންސިލް އޮފިސަރ (ވަގުތީ) މަޤާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓު)
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން