މިދަންނަވާ ކަންތައްތައް، 23 ޖެނުއަރީ 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/5 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 57 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

މި އޮފީހުގައި ކުރިޔަށްދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން، މިޕްރޮގްރާމް ފުރިހަމަކުރުމަށް ބޭނުންވާ ކުދިންނަށް މިއިދާރާއިން އިތުރު 2 ޖާގަ ދިނުމާއި، ވޮލަންޓްރީކޮށް ވަޒީފާއަދާކުރާ ކުދިންނަށް އެލަވަންސެއްގެ ގޮތުގައި މަހަކު -/1500 (ފަނަރަސަތޭކަ) ރުފިޔާ ދިނުމަށް ނިންމުން.

ފާދިއްޕޮޅު އަތޮޅުގެ، އަތޮޅު ކައުންސިލް އިދާރާއިން ނީލަންކިއުމަށް ނަގާފައިވާ ތަކެތީގެ ލިސްޓް އަގު ޖެހުމަށްފަހު އެހެންޖަލްސާއަކަށް އެޖެންޑާކުރުމަށް ނިންމުން.

ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި، ހޯދާދިނުމުގައި އެއްއުޞޫލަކުން ޢަމަލުކުރުމަށް، އުޞޫލެއް ތައްޔާރުކުރުމަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގަވާފައިވާތީ، މިއިދާރާއިން ޢަމަލުކުރުމަށް އެކުލަވާލާފައިވާ އުޞޫލު ފާސްކުރުން.