މިދަންނަވާ ކަންތައްތައް، 30 ޖެނުއަރީ 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/6 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 58 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅުގެ، އަތޮޅު ކައުންސިލް އިދާރާއިން ނީލަންކިއުމަށް ނަގާފައިވާ ތަކެތީގެ ލިސްޓް އަގުޖަހާ ނިންމުމަށްފަހު އެހެންޖަލްސާއަކަށް އެޖެންޑާ ކުރަން ނިންމުން.

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި މަސައްކަތްކުރުމަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން 2019 ވަނަ އަހަރު ނަގާ މުވައްޒަފުންނަށް -/1500 ރުފިޔާގެ އެލަވަންސެއް ކަނޑައަޅާފައިވާތީއާ، މިހާރު މިއިދާރާގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މަސައްކަތްކުރައްވާ ދެމުވައްޒަފުންނަށްވެސް 1 ފެބްރުއަރީން 2019 އިން ފެށިގެން -/1500 ރުފިޔާގެ އެލަވަންސް ދޭން ނިންމުން.

ފާދިއްޕޮޅުގެ އިދާރީ ދާއިރާތަކުގެ ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން، 2018 ވަނަ އަހަރުގެ ޝަރަފުވެރި މުވައްޒަފަކު ކަނޑައެޅުމުގެ އުޞޫލު  ފާސްކުރުން.

ލޯކަލް ކައުންސިލްދުވަސް 2019 ފާހަގަކުރުމުގެ ރޭވިފައިވާ ޕްރޮގްރާމް ފާސްކުރުން.

ފާދިއްޕޮޅު އެވޯރޑް ދިނުމުގެ އުޞޫލުގައިވާގޮތުގެ މަތިން، އެވޯރޑް ކޮމިޓީގެ ޗެއަރމަނަކާއި، ވައިސް ޗެއަރމަނެއް ކަނޑައެޅުން.