މިދަންނަވާ ކަންތައްތައް، 13 ފެބްރުއަރީ 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/8 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 60 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި ރިކްރިއޭޝަން ކްލަބް އުފެއްދުމަށް ފާސްކުރުން.

އޮފީސް ޢިމާރާތުގެ ޕްރޮޖެކްޓްތަކަށް އެހީދިނުމުގައި، އޮޅުވެލިފުށި، އަދި ހިންނަވަރުގެ ޙާލަތު މިހާރަށްވުރެ، ރަނގަޅުވުމުގެ ކުރިން، އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލްތަކަށް އިސްކަންދޭން ނުފެންނަ ނިންމުން.

ލޯކަލް ކައުންސިލް ދުވަސް 2019 ހޮސްޓްކުރުމަށް ޝައުޤުވެރިވާ ރަށުކައުންސިލް ތަކުން، ޝައުޤުވެރިކަން ފާޅުކުރެއްވުމަށް ހުޅުވައިލެވުނު ފުރުޞަތުގައި އެއްވެސް ރަށުކައުންސިލަކުން ޝައުޤުވެރިކަން ފާޅުކުރައްވާފައިނުވާތީ، މިއަހަރުގެ ލޯކަލް ކައުންސިލް ދުވަސް ބާއްވާ ރަށަކީ ފާދިއްޕޮޅު ނައިފަރު ކަމުގައި ނިންމުން.