މިދަންނަވާ ކަންތައްތައް، 20 ފެބްރުއަރީ 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/9 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 61 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލުން 2018 ވަނަ އަހަރު ހިންގި ޙަރަކާތްތަކުގެ ތެރެއިން، އިޖްތިމާއި ޚިދުމަތުގެ ގޮތުން ހިލޭސާބަހަށް އެންމެ ބޮޑަށް އެހީތެރިކަމެއް ފޯރުކޮށްދެއްވި ފަރާތަކީ ޗަންޕާ ބުރަދާސް ކަމުގައި ކަނޑައެޅުން.

މިއިދާރާއިން ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތްތަކުގެ ތެރެއިން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ އެގްޒަމިނަރުންނަށް ދޭންޖެހޭ އުޖޫރަފައިސާ ވަކިން ނުނަގާގޮތަށް ހަމަޖައްސައި، އިދާރީ ޚިދުމަތަށްނަގައި ފައިސާއިން އެގްޒަމިނަރަށް އުޖޫރަ ދޭގޮތަށް ހަމަޖެއްސުމަށާއި، އޭޒޯން ލައިސަންސް ގެއްލިގެން، ހަލާކުވެގެން ނުވަތަ މުއްދަތު ހަމަވެގެން އަލުން ކާޑު ހައްދާނަމަ އިދާރީ ފީގެ ގޮތުގައި -/50 (ފަންސާސް) ރުފިޔާ ނަގަން ނިންމުން.

ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއުއަށް 3 ދުވަހުގެ އަހަރީ ޗުއްޓީ ދޭން ނިންމުން.

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގާލްގައިޑް ދަރިވަރުން ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމް ޅ. މާފިލާފުށީގައި ހިންގުމަށް ހަމަޖެހިފައިވާތީ، މި ޕްރޮގުރާމްގެ ދަތުރު މިއިދާރާއިން އިންތިޒާމްކޮށްދިނުމަށް ނިންމުން.