ލޯކަލް ކައުންސިލްތަކުގެ ރޭންކިންގައި 03 ވަނަ ހޯދާ ފާދިއްޕޮޅު އަތޮޅު ކައުންސިލުން ބޮޑު ކުރިއެރުމެއް ހޯދައިފި
ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އިޢުލާންކުރި 2017 ވަނަ އަހަރުގެ ކައުންސިލްތަކުގެ ރޭކިންގައި އަތޮޅު ކައުންސިލްތަކުގެ ކެޓަގަރީން ފާދިއްޕޮޅު އަތޮޅު ކައުންސިލް 03 ވަނައަށް ހާސިލްކޮށްފިއެވެ. މިގޮތުން ފާދިއްޕޮޅު އަތޮޅު ކައުންސިލުންވަނީ ރޭކިންގައި 2016 ވަނަ އަހަރާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި 02 ކައުންސިލްގެ ތެރޭގައި ހިމެނިފައެވެ.
ލޯކަލް ކައުންސިލްތަކުގެ ޕަރފޯމަންސް އިންޑެކްސް އަކީ އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކުގެ ޕާރފޯމަންސް މިންކޮށް، ވަޒަންކުރުމަށް އެލްޖީއޭއިން އެކުލަވާލާފައިވާ އިންޑެކްސްއެކެވެ. މިއިންޑެކްސް ބޭނުންކޮށްގެން އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕަރފޯމަންސް މޮނިޓަރރކޮށް ރޭންކުކުރުމުގެ މަސައްކަތް އެލްޖީއޭއިން ކުރިއަށް ގެންދަވައެވެ. އެންމެ 2017 ވަނަ އަހަރުގެ ޕާފޯމަންސް އިންޑެކްސްގެ މަސައްކަތް އެލްޖީއޭ އިން ކުރިއަށް ގެންދަވާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.
މިއީ ކައުންސިލްތަކުގެ ޕަރފޯމަންސް އިންޑެކްސްގައި މިފަދަ ވަނައެއް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ހާސިލްކުރި ފުރަތަމަ ފަހަރެވެ. ވޭތުވެ ދިޔަ އަހަރު ފާދިއްޕޮޅު އަތޮޅު ކައުންސިލުންވަނީ ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައިވާ ގޮތުގެމަތީން މަޢުލޫމާތު ހާމަކުރަމުންދާ މިންވަރު ބެލުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ އިދާރާތައް ދަރަޖަކުރިއިރު ދެވަނަ ދަރަޖައިން އެންމެ މަތީމާރކްސް ހޯދައި، ދެވަނަ ދަރަޖައިން އެއްވަނަ ސަރުކާރުގެ އިދާރާގެ ގޮތުގައި ހޮވިފައެވެ.
ފަހުގެ ލިއުންތައް
- ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން އިދާރާއަށް ޙާޟިރުވެގެން ހޯދާ ޚިދުމަތްތައް ވަގުތީގޮތުންތީގޮތުން މެދުކަނޑައިލުން
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2021)
- 2021 ފެބުރުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފެބްރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބާއްވާ ބައްދަލުވުން ބޭއްވި ކައުންސިލްތައް
- ވަޒީފާގެ ފުރުސަތު: އެސިސްޓެންޓް ޑިރެކްޓަރ – (އޮޅުވެލިފުށި ކައުންސިލް)
- 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅި ކައުންސިލްތައް
- A2 ފޯމް – އެސިސްޓެންޓް ޑިރެކްޓަ މަގާމަށް މާކްސް ދެވުނުގޮތް
- 2021 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ވަޒީފާގެ ފުރުސަތު: އެސިސްޓެންޓް ޑިރެކްޓަރ
- ޅ. ހިންނަވަރު “ކުދިލުނބޯމާގެ” ކިޔާގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން