ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ފާދިއްޕޮޅު ވޮލީލީގު 2019 ކުރިޔަށްއޮތް މެއި މަހުގެ 13 ވާ ހޯމަ ދުވަހު ޅ. ހިންނަވަރުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ޅ. އަތޮޅު ރަށު ކައުންސިލްތަކަށާއި، ޅ. އަތޮޅަށް ނިސްބަތްވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޅ. އަތޮޅުގައި ޤާއިމްވެފައިވާ ރިސޯޓްތަކާއި އަދި ޅ. އަތޮޅުގައި ހުރި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ވަނީ ހުޅުވާލެވިފައެވެ.
މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 09 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޅ. އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ކުރިން އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމްތައްވެސް ބަލައިގަނެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ޤަވާއިދު އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމް ޅ. އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓުން www.lhaviyani.gov.mv ޑައުލޯންޑް ކުރެވެން ހުންނާނެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 9 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
އިއުލާން – ބައިވެރި ވުމުގެ މުއްދަތު އިތުރު ކުރެވިފައި
ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް
ޕްލެޔަރ ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް
ފަހުގެ ލިއުންތައް
- 2024 ފެބުރުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ފެބުރުއަރީ 2024)
- 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން ބޭއްވި ކައުންސިލްތައް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ފެބުރުއަރީ 2024
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޖެނުއަރީ 2024
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2024)
- 2024 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2024 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅި ކައުންސިލްތައް
- 2023 ވަނަ އަހަރު ހިންގި ޚަރަކާތްތަކުގެ ރިޕޯޓު ހުށަހެޅި ކައުންސިލްތައް
- 2023 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް