މިދަންނަވާ ކަންތައްތައް، 02 މެއި 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/18 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 70 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ވިނަރެސް ސްކީމްގެ އެހީ ލިބޭފަރާތްތައް ކަނޑައަޅާނީ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓުންކަމަށް ނިންމުން.

އަތޮޅުގެއާއި އަތޮޅުކައުންސިލްގެ އިދާރާގެ ސެކިރިޓީ ބެލެހެއްޓުމަށް ނަގާފައިވާ ކޮންޓްރެކްޓް 3 ވޮޗަރުންނަށް ކޮންމެ މީހަކަށް -/3000 (ތިންހާސް) ރުފިޔާ ގެ ޢިނާޔަތެއް ރަމަޟާން ޢީނާޔަތުގެ ގޮތުގައި ދިނުމަށާ، އެޕްރެންޝިޕް ޕްރޮގްރާމްގެ ދަށުން އަތޮޅު ކައުންސިލް އިދާރާގައި މަސައްކަތްކުރާ 4 އެޕްރެންޓިސްޝިޕް މުވައްޒަފުންނަށް، ކޮންމެބައިވެރިޔަކަށް، -/1000 (އެއްހާސް) ރުފިޔާގެ އިނާޔަތް ހަމަޖައްސަން ނިންމުން.

ހިންނަވަރު ކިޔޫ. އައި ގެ ފަރާތުން ހިންގާ “ހިންނަވަރު ކިއު. އައި. ފްޓްސަލް ފިއެސްޓާ 2019” އަށް އެހީ -/5000 (ފަސްހާސް) ރުފިޔާ ގެ ފައިސާގެ އެހީއެއް ހަމަޖައްސައިދޭން ނިންމުން.