މިދަންނަވާ ކަންތައްތައް، 22 މެއި 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/21 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 73 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

އިންޖީނު ސަރވިސް ސެންޓަރުގެ ނަން ބަދަލުކުރަން ބޭނުންވެގެން އެޢިމާރާތުގެ ރަޖިސްޓަރީ ހަދާދިނުމަށް ދެފަހަރެއްގެމަތިން ނައިފަރު ކައުންސިލް އިދާރާގައި ދެންނެވިފައި ވީނަމަވެސް ހަދާދީފައިނުވާތީ، އަލުންވެސް އަތޮޅުކައުންސިލްގެ މެމްބަރުންގެ ވަފްދެއް ނައިފަރު ކައުންސިލްއާއެކު، މިމައްސަލާގައި މަޝްވަރާކޮށް ޙައްލެއް ލިބޭތޯ އެޕޮއިންޓްމެންޓެއް ހަމަޖައްސައިގެން ނައިފަރުކައުންސިލްއާއެކު މަޝްވަރާކުރުމަށް ފެންނަ ކަމަށް ނިންމުން

ޅ. ޓަރޓްލް ފެސްޓިވަލް 2019 ގެ 4 ވަނަ ސިލްސިލާ، ކުރިޔަށް ގެންދިޔުމަށް، އެހީއެއް ދެއްވުން އެދި ހުށަހަޅުއްވާފައިވާ ޕްރޮޕޯރސަލް އިވެލުއޭޓްކޮށް، އެހީދެވޭ ރޭންޖަށް ޕޮއިންޓް ލިބިފައިވާތީ، އެ އިވެންޓަށް ދޭ އެހީއެއްގެ ގޮތުގައި، “ކޯރ ސްޕޮންސަރ ޕްލަސް”ގެ ޕެކޭޖްގެ ދަށުން 500.00 ޔޫއެސް ޑޮލަރަށްވާ -/7710 (ހަތްހާސް ހަތްސަތޭކަ ދިހަ) ރުފިޔާ ގެ މާލީއެހީއެއް މިއިވެންޓަށް ދޭން ފެންނަކަމަށް ނިންމުން.

ޅ. ނައިފަރު “ސެންސް” ޖަމްޢިއްޔާއިން ފިޠުރުޢީދުގެ މުނާސަބަތުގައި ބާއްވަމުން އަންނަ “ކުރުކުޗޫނާ ފްޓްސަލް ޗެލެންޖް 2019” މުބާރާތް ބޭއްވުމަށް ކުރަންޖެހޭ ޚަރަދުތައްކުރުމަށް އެހީއެއް ދެއްވުން އެދި ހުށަހަޅުއްވާފައިވާ ޕްރޮޕޯރސަލް އިވެލުއޭޓްކޮށް، އެހީދެވޭ ރޭންޖަށް ޕޮއިންޓް ލިބިފައިވާތީ، އެ އިވެންޓަށް ދޭ އެހީއެއްގެ ގޮތުގައި، “ފްރެންޑްސް އޮފް ދި އިވެންޓް” ޕެކޭޖްގެ ދަށުން ރަނަރއަޕް ރިވާރޑް މަނީ އަށް ވާ -/5000 (ފަސްހާސް) ރުފިޔާ ގެ މާލީއެހީ މިއިވެންޓަށް ދޭން ފެންނަކަމަށް ނިންމުން.

ޅ.ނައިފަރު އީކޯޔޫތު އަދި ނައިފަރުގެ ބައެއް ޖަމްޢިއްޔާތައް ގުޅިގެން 1440 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން، ކުރިއަށް ގެންދާ ދީނީ ފޯރަމްގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްއިން ބައިވެރިވުމުގެ ގޮތުން، މިއަހަރުގެ އެކްޓިވިޓީ ކަލެންޑަރުގައި، ހިންގުމަށް ކަނޑައެޅިފައިވާ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގުމަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން، މިއިވެންޓްގެ ދަތުރުފަތުރަށާ، ވާޢިޛްގެ އެކަމަޑޭޝަންއަށް ޚަރަދުކުރުމަށް ފެންނަކަމަށް ނިންމުން