މިދަންނަވާ ކަންތައްތައް، 22 މެއި 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/22 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 74 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
ޅ.އޮޅުވެލިފުށި ރައްޔިތުންގެ މެދުގައި ދިނީ ހޭލުންތެރިކަން އުފެއްދުމަށް ޅ.އޮޅުވެލިފުށި މާސް އެމަލްގަމޭޝަން އެވެއަރނެސް އެންޑް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (މާޑް) އިން އިސްނަގައިގެން ޅ.އަތޮޅު ކައުންސިލްއާ ގުޅިގެން ޅ.އޮޅުވެލިފުށީގައި މި ރަމަޟާން މަހު 23 ވަނަ ދުވަހުގެރޭ ދީނީ ދަރުހެއް ބޭއްވުމަށް ވާޢިޒެއް އަދި ވާޢިޒުގެ ދަތުރު ހަމަޖައްސައި ދިނުން އެދި އޮޅުވެލިފުށި މާޑް އިން ހުށައަޅަފައިވާ މައްސަލާގައި، 2019 ވަނަ އަހަރުގެ އެކްޓިވިޓީ ކަލެންޑަރުގައި، ދީނީ ޕްރޮގްރާމް ހިންގުމަށް ހިމެނިފައިވާ ޙަރަކާތުގެ ބަޖެޓްގެ ތެރެއިން، މި ޕްރޮގްރާމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ވާޢިޡެއް ހަމަޖައްސައިދީ، ވާޢިޒްގެ ދަތުރާއި ދަތުރުޚަރަދު ހަމަޖައްސައިދެން ފެންނަކަމަށް ނިމުން.
ކުރިޔަށް އޮތް އަހަރުގެ އެކްޓިވިޓީ ކަލެންޑަރުގައި އެކްޓިވިޓީ ހިމަނައިދިނުމާ، އެ އެކްޓިވިޓީތަކަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން މާލީ އެހީ ހަމަޖައްސައިދިނުމުގެ އުޞޫލު މިހާރު ޑްރާފްޓް ކުރެވިފައިވާގޮތަށް ފާސްކުރަން ފެންނަ ކަމަށާ، 2020 ވަނަ އަހަރު، މިޕްރޮގްރާމްގެ ތެރެއިން އެހީދޭނެ ލިމިޓް އަކީ -/1110000 ( އެއްމިލިޔަން އެއްލައްކަ ދިހަހާސް ރުފިޔާ) ކަމުގައި ކަނޑައަޅަން ނިންމުން.
ޅ.ހިންނަވަރު ޞިއްޙީ މަރުކަޒަށް ބޭނުންވާ ބެޑްތަކުގެ ފަރުދާ ހެދުމާ މިކަންކަމުގައި އިމަޖެންސީ ޓްރޮލީއެއް ހޯދުމަށް ބޭނުންވާ ކަންތަކުގައި އެހީތެރިކަމަށް އެދި ހިންނަވަރު ޞިއްޙީ މަރުކަޒުން ހުށަހަޅާއިފައިވާ މައްސަލައަކީ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މެމްބަރުންނާ، ޅ.ހިންނަވަރު ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާ މެނޭޖްމެންޓް ހިމެނޭ ޖަލްސާއެއްގައި މަޝްވަރާކުރެވި، ކައުންސިލް މެމްބަރުން ދެއްވި ލަފާގެ މަތިން، ޅ.ހިންނަވަރު ޞިއްޙީ މަރުކަޒުން ފޮނުއްވި ސިޓީއާ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށާ، އެ ޕްރޮގްރާމްގެ ތެރެއިން، ޓްރޮލީ އެއް ހޯދައިދިނުމަށް، އެފަދަ ތަކެތި ވިއްކާ ތަންތަނުން ކޯޓޭޝަންހޯދުމަށް، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ކުރި މަސައްކަތުން، ލިބިފައިވަނީ 1 ސަޕްލަޔަރ ކަމަށްވާތީއާ، އެސްޓީއޯއާ، އޭޑީކޭ ޓްރޭޑިންގ ގައި މިވަގުތު މިތަކެތި ހުސްވެފައިވާތީ، ކޯޓޭޝަން ލިބިފައިވާ އަގުކަމަށްވާ، 30950/30ރ ( ތިރީސްހާސް ނުވަސަތޭކަ ފަންސާސްރުފިޔާ ތިރީސްލާރި ) ޅ.ހިންނަވަރު ޞިއްޙީމަރުކަޒާ ޙަވާލުކުރަން ފެންނަކަމަށާ، މިފައިސާއިން، އިމަރޖެންސީ ޓްރޮލީ ގަތުމުގެ ކަންކަން ޅ.ހިންނަވަރު ޞިއްޙީމަރުކަޒާ ޙަވާލުކުރަން ފެންނަކަމަށް ނިންމުން.
ޅ. ހިންނަވަރު ޕޮލިސްސްޓޭޝަނުން އިސް ނަގައިގެން ހިންނަވަރުގެ ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ޖޫން މަހު ބާއްވާ ފުޓްސަލް މުބާރާތަކީ، ހިންވަރުގެ ކޮމިޔުނިޓީއަށް ފައިދާތަކެއް ކުރާނެ އިޖްތިމާޢީ އިވެންޓެއް ކަމުގައިވާތީ، މިއިވެންޓަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްއިން ދޭ އެހީއެއްގެގޮތުގައި، -/4000ރ ( ހަތަރު ހާސްރުފިޔާ ) ދޭންފެންނަކަމަށް ނިންމުން
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޅ. އޮޅުވެލިފުށި ” މާސް އެމަލްގަމޭޝަން އެވެއަރނަސް އެންޑް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ” (މާޑް) ޖަމްޢިއްޔާއިން އިސްނަގައިގެން އޮޅުވެލިފުށި ސްކޫލާއި ފާދިއްޕޮޅު އަތޮޅުކައުންސިލްއާ ގުޅިގެން 21 ޖޫން 2019 ގައި ބާއްވާ ދީނީ ސުއާލު މުބާރާތަށް އިނާމްގަތުމަށްޓަކައި، -/4000ރ ( ހަތަރުހާސް ރުފިޔާ ) ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލް މެދުވެރިކޮށް އެޖަމްޢިއްޔާއާ ޙަވާލުކުރަންފެންނަކަމަށް ނިންމުން
ފަހުގެ ލިއުންތައް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – މެއި 2026
- މޮނިޓަރިންގ ރިޕޯޓް 2024-2025 – ޅ.ކުރެންދޫ
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – އޭޕްރީލް 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން އެޕްރިލް 2026
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (މާރޗް، އެޕްރީލް 2026)
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – މާރޗް 2026
- 2026 މާރޗް މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން މާރޗް 2026
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ފެބުރުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ފެބުރުވަރީ 2026
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން އެޕްރިލް 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން މާރޗް 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ފެބުރުވަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
